ޚަބަރު

ހުއްދަ ނެތި ކޮނޑޭއަށް ދިޔަ މީހެއްގެ މައްސަލަ ބަލަނީ


ކައުންސިލްގެ ހުއްދަ ނެތި ގއ.ކޮނޑޭއަށް ސިއްރުން އަރަން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެއްރަށުން އަނެއް ރަށަށް ކައުންސިލްގެ ހުއްދަ ނެތި އަރައި ފޭބުން މަނާކޮށްފައިވަނިކޮށް ކޮނޑޭއަށް ސިއްރުން އަރަން އުޅެފައިވަނީ 60 އަހަރުގެ ފިިރިހެނެކެވެ.

އޭނާ އެރަަށަށް އެރީ ގެމަނަފުށިން ޑިންގީއެއްގައި ގޮސް ކޮންޑޭގެ ފުއްޓަރު ފަރާތަށް ޑިންގީ ކައިރިކޮށްގެން ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މައްސަލަ ތަހްގީގުކުރަމުން އަންނަ ކަމަށްވެސްް ފުލުހުން ވަނީ ވިދާޅުވެފައި އެވެ.

މި ނާޒުކް ދަނޑިވަޅުގަައި ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް އެންގެވުމަށް އަމަލު ކުރުމަށް ވެސް ފުލުހުން ވަނީ އަނެއްކާވެސް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ.
ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ހުއްދަ ނެތި އަރައި ފޭބުމަކީ މަނާކަމެކެވެ.