ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި އައިސީސީގެ ފުރިހަމަ މެމްބަރު ގައުމަކުން ހެދި އެންމެ އަވަސް ސައްތައާއެކު އިންޑިޔާގެ ކްރިކެޓް ކުޅުންތެރިތާ އަބީޝެކް ޝަރުމާ ރެކޯޑް ހަދައިފި އެވެ.
އަފްޢާނިސްތާން އަތުން އިންޑިޔާ 127 ލަނޑުން މޮޅުވި މެޗުގައި އަބީޝެކް ވަނީ 30 ބޯޅައިން 100 ލަނޑު ހަދައިފައެވެ. މިއީ ޓުވެންޓީ20 ކެރިކްޓްގެ ތާރީހުގައި ހެދި އެންމެ އަވަސް ސައްތައެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 27 ބޯލައިން ސާހިލް އަތުގައެވެ. އޭނާ ރެކޯޑް ހެދީ 2024ގައި އެސްޓޯނިއާ އާއި ސައިޕްރަސް ކުޅުނު މެޗުގައެވެ. ނަމަވެސް މި ދެ ގައުމަކީ ވެސް އައިސީސީގެ ފުރިހަމަ މެމްބަރުންނެއް ނޫނެވެ.
އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ އޭނާގެ ސްކޯ ތިން އަކުރަށް ހެދީ އެންމެ ނުވަ އޯވަރުގަ އެވެ. އިންދިޔާގެ ވެރިރަށް ނިއުދިއްލީގައި ކުޅުނު މި މެޗުގައި އިންޑީޔާއިން 20 އޯވަރުން 221 ލަނޑު ހެދިއިރު އަބީޝެކް ނުބައިވީ 34 ބޯޅައިން 108 ލަނޑު ހެދިތަނާއެވެ. މި މެޗުގައި އަފްޢާނިސްތާން ފަހުން ކުޅެން އަރައި 14.1 އޯވަރު ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 94 ލަނޑަށެވެ.