ހދ.ނޮޅިވަރަންފަރު ޞިއްޙީމަރުކަޒުގެ ލެބޯޓަރީގެ ޚިދުމަށް ފަށައިފިއެވެ.
ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ބޭއްި ރަސްމިއްޔާތެއްގައި، މި ޚިދުމަށް އިފްތިތާޙް ކޮށްދެއްވީ، މިނިސްޓާރ އޮފް ސްޓޭޓް ފޮރ ހެލްތް އަޙްމަދު ޢާދިލެވެ.
ލެބޯޓަރީގެ ޚިދުމަތް ފެށުމާއެކު ނޮޅިވަރަންފަރު ޞިއްޙީމަރުކަޒުން 57 ޓެސްޓެއް ހެދޭނެ ކަމަށް އެމަރުކަޒުގެ މެނޭޖަރު ޙުސައިންއަފީފް ވިދާޅުވިއެވެ. މިވަގުތު ހެދެންހުރި ޓެސްޓްތަކުގެ ތެރޭގައި ލޭގެ 11 ޓެސްޓަކާއި ހަކުރު ބަލީގެ 3 ޓެސްޓަކާއި ކިޑްނީގެ ތަޙްލީލުގެ 4 ޓެސްޓަކާއި ޗިސްމޭ ތަޙްލީލުގެ 6 ޓެސްޓަކާއި ހިތުގެ ތަޙްލީލުގެ 4 ޓެސްޓަކާއި ކަށީގެ ތަޙްލީލް 1 ޓެސްޓަކާއި އިލެކްޓްރޯލައިޓްގެ މިންވަރު ދެނެގަންނަ 4 ޓެސްޓަކާއި ކުޑަކަމުދާ ތަކެތީގެ ތަޙްލީލުގެ 11 ޓެސްޓަކާއި ބޮޑުކަމުދާ ތަކެތީގެ ތަޙްލީލުގެ 3 ޓެސްޓެއް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދިފާއީ ނިޒާމާއި ލޭގައި ހިމެނޭ ސިރަމްގެ 8 ޓެސްޓެއްގެ އިތުރުން މާބަނޑު މީހުންގެ 2 ޓެސްޓެއްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ލިޕިޑް ޕްރޮފައިލް ޓެސްޓުގެ ޚިދުމަތް ވެސް އެތަނުގައި ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.
ލެބޯޓަރީގެ ޚިދުމަތާއެކު މިވަނީ ނޮޅިވަރަންފަރުގެ ރައްޔިތުން މިފަދަ ޓެސްޓު ހެދުމަށްޓަކައި ރަށުން ބޭރަށް ކުރަމުންދިޔަ ދަތުރުތަކަށް ނިމުން އައިސްފައެވެ. މިޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް ވަރަށްބޮޑު ލުއިފަސޭއެއް ލިބިގެން ގޮސްފައިވާކަން އެމީހުން ފާހަގަކުރެއެވެ.
ލެބޯޓަރީގެ ޚިދުމަށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓްމިނިސްޓަރު އަޙްމަދު ޢާދިލް ވިދާޅުވީ ސަރުކާރުގެ ވިސްނުންފުޅަކީ ޒަމާނުއްސުރެ ސިއްޙީ ޚިދުމަތް ހޯދުމަށް، އަތޮޅުތަކުގެ ރައްޔިތުން މާލެއަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުންކަމަށެވެ. އެކަމަށްޓަކައި ސަރަހައްދީ ފެންވަރެއްގައި ޞިއްޙީ ޚިދުމަތް ތަރައްގީކޮށް ރައްޔިތުންނާ ގާތުން ޚިދުމަށް ދިނުމަކީ މުހިންމު އަމާޒެއްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝިއަރީ ފެންވަރަށް ހޮސްޕިޓާލްތައް ތަރައްގީކުރުމަކީ މިކަމުގެ ހެއްކެއްކަމަށް ޢާދިލް ވިދާޅުވިއެވެ.
މިފަދަ ޚިދުމަތެއް ފެށުމުން ރައްޔިތުންނަށް ލިބޭނެ ފަސޭހަކަން ފާހަގަކުރައްވައި ޢާދިލް ވިދާޅުވީ މިޚިދުމަށް ފުޅާކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން މަސައްކަތް މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ކޯވިޑާއެކު ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތި ޙާލަތުގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޤައުމު އާރާސްތު ކުރެއްވުމަށް ކުރައްވާ މިފަދަ އެތަކެއް މަސައްކަތްތައް ޢާދިލް ފަހަގަކުރެއްވިއެވެ.