އަހަރު މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %74 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައިކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އަދަދުން ބަލާނަމަ 1.1 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިންނެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ.
މިމަހުގެ 7ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓްތަކުގައި މުޅި ޖުމްލަ 1،188،689 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. މިއީ ރާއްޖެއައި ފަތުރުވެރިންގެ %73.8 ފަތުރުވެރިންނެވެ. މި މުއްދަތުގެ ތެރޭގައި ގެސްޓްހައުސްތަކުގައި 352،544 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. މިއީ ރާއްޖެއައި ފަތުރުވެރިންގެ %21.9 އެވެ.
ހޮޓެލްތަކުގައި 36،869 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު މިއީ ރާއްޖެއައި ފަތުރުވެރިންގެ %2.3 އެވެ. އަދި ސަފާރީތަކުގައި 2،654 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
* ޗައިނާ: 311،485 ފަތުރުވެރިން
* ރަޝިއާ: 234،718 ފަތުރުވެރިން
* އިނގިރޭސިވިލާތް: 122،068 ފަތުރުވެރިން
އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 1،608،240 ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށެވެ. އަދި 2ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ގަން އިންޓަނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށެވެ. އެއީ 5،699 ފަތުރުވެރިންނެވެ.