އަންހެން ކުދިން ބާރުވެރިކުރުވުމުން މުޅި ގައުމުގެ މުސްތަގުބަލަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ އަންހެންކުދިންގެ ދުވަހާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެން ކުދިންގެ ހިތްވަރާއި، އަޒުމާއި، އަދި އެކުދިންގެ ކިބައިގައިވާ ގާބިލުކަމުގެ އަގު ވަޒަންކުރައްވާކަމަށެވެ. އަންހެން ކުދިންނަކީ މުޖުތަމައުތައް ވަރުގަދަކޮށް، ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ، އިސްނަގާ، އައު އީޖާދުތައް ތައާރަފުކުރާ، އަދި ހެޔޮ ބަދަލުތައް ގެނައުމަށް މަސައްކަތްކުރާ ބައެއްކަން ފަސްޓްލޭޑީވަނީ ފާހަގަކުރައްވާފައެވެ.
On International #DayOfTheGirl, we celebrate the strength, ambition, and endless potential of girls in the Maldives and around the world. Girls are leaders, innovators, and changemakers whose voices, talents, and leadership contributes extensively to stronger and more resilient societies.
— First Lady Sajidha Mohamed (@sajidhaamohamed) October 11, 2026
When girls are empowered, they do not solely transform their own lives, they carry the future of our nation. The Maldives has witnessed the remarkable contributions of girls and young women in education, public service, entrepreneurship, sports, and community leadership.
Their invaluable contributions and achievements are extensively shaping stronger and enduring nations.
އަންހެން ކުދިން ބާރުވެރިކުރުވުމަކީ ހަމައެކަނި އެކުދިންގެ އަމިއްލަ ދިރިއުޅުމަށް އަންނަ ބަދަލެއް ނޫންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، އެއީ މުޅި ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ ކަމެއްކަމަށެވެ. ރާއްޖޭގެ ތައުލީމީ ދާއިރާއާއި، އާންމު ޚިދުމަތުގެ ދާއިރާއާއި، ވިޔަފާރިއާއި، ކުޅިވަރުގެ އިތުރުން މުޖުތަމައުގެ އިސް ސަފުގައި އަންހެން ކުދިންނާއި ޒުވާން އަންހެނުން ދަނީ ނަމޫނާ މަސައްކަތްތަކެއް ދައްކަމުންކަމަށެވެ.
އަންހެން ކުދިންނާއި ޒުވާން އަންހެނުންގެ މުހިންމު ހިއްސާއާއި ހޯދަމުންދާ ކާމިޔާބީތަކަކީ، ވަރުގަދަ އަދި ދެމެހެއްޓެނިވި ގައުމުތަކެއް ބިނާކުރުމަށް އެޅޭ ވަރަށް ބޮޑު ބާރެެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ވިދާޅުވެފައެވެ.