ޚަބަރު

މާމެންދޫން ޕޮޒިޓިްވި ކުޑަ ދެކުދިން ގއ. ކޯވިޑް ފެސިލިޓީއަށް ގެންގޮސްފި


ގއ. މާމެންދޫން ކޯވިޑް-19އަށް ޕޮޒިޓިްވި ކުޑަ ދެކުދިން ގއ. ވިލިނގިލީ ކޯވިޑް ފެސިލިޓީއަށް ގެންގޮސްފިއެވެ.

މީގެ އިތުރުންވެސް މާމެންދޫން ޕޮޒިޓިްވި 3 މީހަކު އިތުރު ފަރުވާއަށް ރޭ 4:15ގައި ގއ. ވިލިނގިލީ ކޯވިޑް ފެސިލިޓީއަށް ވަނީ ގެންގޮސްފައެވެ.

ޕީއެސްއެމް ނިއުސް އާއި ވާހަކަ ދައްކަވަމުން ގއ. މާމެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް ވިދާޅުވީ، މާމެންދޫއިން އެމީހުން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ، މާލެއިން ރަށަށް އައުމަށްފަހު ހޯމް ކަރަންޓީންގައި ތިއްބައި ކަމަށެވެ. ޒައީމް ވިދާޅުވީ އެ އާއިލާ މާލެއިން އެރަށަށް ގޮސްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށެވެ. ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަމުންދަނިކޮށް އޭގެ ތެރެއިން 5 މީހެއްގެ ކިބައިން ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން ޓެސްޓްކުރުމުން އެ ފަސް މީހުން ޕޮޒިޓިވްވެފައިވާކަން އިއްޔެ އެނގިފައިވާކަމަށް ޒަޢީމް ވިދާޅުވިއެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 63 އަހަރުގެ އަންހެނަކާއި، 76 އަހަރުގެ ފިރިހެނެއްގެ އިތުރުން 22 އަހަރާއި 30 އަހަރު އަދި 29 އަހަރުގެ ޒުވާނުންކަމަށް މާމެންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މި އާއިލާގައި 7 މެމްބަރުން ތިބިއިރު ބާކީ ތިބި ދެ މީހުންގެ ކިބައިން ބަލީގެ އަލާމަތްތައް ފެނިގެން ޓެސްޓްކޮށް ޕޮޒިޓިވްވެފައިވާކަމަށް ޒައީމް ވިދާޅުވިއެވެ. އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ 1 މަސް ނުވާކުއްޖަކާއި، 4 އަހަރުގެ ކުއްޖެކެވެ. މިއާއިލާ ޕޮޒިޓިވްވުމުން ރޭ ދަންވަރުގެ ވަގުތެއްގައި މި ހުރިހާ އެންމެން ވަނީ ގއ. ވިލިނގިލީގައި ހުންނަ ކޯވިޑަށް ފަރުވާދޭ ފެސިލިޓީއަށް ގެންގޮސްފައެވެ.

ގއ. މާމެންދޫގައި ކަރަންޓީނުގައި ތިއްބާ ކޯވިޑް-19އަށް ޕޮޒިޓިވްވި ކުޑަ ދެ ކުދިންނާއި ފަހުން ޕޮޒިޓިވް 3 މީހުން ރޭ 4:15ގައި ވަނީ އިތުރުފަރުވާއަށް، ގއ. ކޮވިޑް ފެސިލިޓީއަށް ގެނެސްފައި ކަމުގައި ގއ އަތޮޅު ހޮސްޕިޓަލުން ވިދާޅުވެފައި ވެއެވެ.