ކޯވިޑް-19

އޭދަފުށީ ކޯވިޑް ފެސިލިޓީގައި ފަރުވާދިން އުމުރުން ދުވަސްވީމީހާ ބަލިން ރަނގަޅުވެއްޖެ


ބ.އޭދަފުށީ ކޯވިޑް ފެސިލިޓީގައި ފަރުވާދިން އުމުރުން ދުވަސްވީ ބަލިމީހާ އެބަލިން ރަނގަޅުވުމުން ދޫކޮށްލައިފިއެވެ.

71 އަހަރުގެ އެ އަންހެން މީހާ ފަރުވާއަށް ފެސިލިޓީއަށް ގެންގޮސްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ.

އެމީހާ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން އެނގިފައި ވަނީ ހޯމް ކަރަންޓީންގެ މުއްދަތު ނިމުމުން ނެގި ސާމްޕަލް ޕޮޒިޓިވް ވުމުންނެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ 14 ދުވަސް ވަންދެން ފަރުވާ ދިފައިވާކަމަށެވެ.

މިމިހާއެކު އެދުވަހު އިތުރު 7 މީހަކުވަނީ ކޯވިޑްއަށް ޕޮޒިޓިވްވެފައެވެ.

އެ އެންމެން މިހާރު ދޫކޮށްލާފައިވާއިރު އޭދަފުށިން ޖުމްލަ 10 ކޭސް ވަނީ ފެނިފައެވެ.
ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށެވެ. މިހާތަނަށް އުމުރުން ދުވަސްވީ ދެމީހަކަށް އޭދަފުށީ ކޯވިޑް ފެސިލިޓީގައި ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

ބ.އަތޮޅުން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ 26 ފަރާތެކެވެ.