ޚަބަރު

ކޯވިޑް-19: 4 ރިސޯޓަކުން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް


ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތައް ހުރެގެން 4 ރިސޯޓަކުން ނެގި ހުރިހާ ސާމްޕަލްތަކެއްގެ ކޯވިޑް-19އަށް ނެގެޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސިނަމަން ހަކުރާ ހުރާ، ސޭންޑީޒް ބަތަލާ، އަނަންތަރާ ދިގު އަދި ކޮލަބް މެޑް ކަނިފޮނިޅުން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށެވެ.

މި ރިސޯޓްތަކުން ނެގި ސާމްޕަލްތައް ނެގެޓިވް ވުމާއިއެކު އެރަށްތައްވަނީ މޮނިޓަރުންގެ ހާލަތުން ނެގިފައިކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.

ރިސޯޓްތަކުގައި ކޯވިޑް-19އަށް ޝައްކުކުރެވޭ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓް ކުރަމުންދާއިރު ރާއްޖޭގެ އެއްވެސް ރިސޯޓަކަށް މީހުން އަރައި ފޭބުންވަނީ މަނާކޮށްފައެވެ. ރިޒޯޓްތަކުގައި އުޅޭ މީހުންވެސް އަދި ރަށްތަކުގައި އުޅޭ މީހުންވެސް ކޯވިޑަށް ޝައްކުކުރެވޭ އަލާމާތެއް ހުރިނަމަ އަމިއްލަޔަށް ރިޕޯރޓް ކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިހާތަނަށްރާއްޖެއިން ކޯވިޑް ޖެހިގެން 5 މީހަކު ވަނީ ރަނގަޅުވެފައެވެ. މިހާތަނަށް ރަނގަޅު ވެފައިވަނީ އިޓަލީ ތިން މީހަކާއި، ތުރުކީއާއި، ސައުތު އެފްރިކާގެ މީހެކެވެ. ކޯވިޑްޖެހިގެން މިހާރުވެސް 8 މީހަކު އައިސޮލޭޝަންގައި ދަނީ ފަރުވާދެމުންނެވެ.