ކާނާ

ރެސިޕީ: މެންގޯ ލައްސީ


މެންގޯ ލައްސީއަކީ މުޅި ދުވަހު ނުކައި ހުރުމަށްފަހު ގޭސްވިޔަނުދީ، ގޮހޮރު ފިނިކޮށްލުމަށް މީރު ބުއިމެކެވެ.

ބޭނުންވާނެ ތަކެތި:
2 އަނބު (ތޮށި މަށައި ކޮށާފައި)
2 ޖޯޑު ކިރު
ވެނީލާ އައިސްކްރީމް
ޔޯގަޓް (ޕްލެއިން)
ފެން
ރަހަލާވަރަށް ހަކުރު
ޗިސްކޮށްފައި ހުރި ގަޑުފެން

ތައްޔާރުކުރާނެ ގޮތް:
އަނބު، ކިރު، ވެނީލާ ރައިސްކްރީމް، ޔޯގަޓް، ފެން، ހަކުރު، އަދިފުނޑުކޮށްފައިހުރި ގަޑުފެން ބްލެންޑަރއަށް އަޅައި މިކްސްކޮށްލާށެވެ. ލައްސީގެ އޮލަމިން ބަހައްޓަން ބޭނުންވާވަރަށް ފެންއަޅައި މިކްސްކުރާށެވެ. ދެން ފިނިކުރުމަށްފަހު ރޯދަވީއްލާގަޑި ނުވަތަ އެހެން ގަޑިތަކުގައިވެސް މިބުއިން ބޯލަން ރަގަޅުވާނެއެވެ.