ރަހަތަފާތުކޮށްލުމަށް މިއީ ތައްޔާރުކޮށްލަން ވަރަށް މީރު އެއްޗެކެވެ. އާންމުކޮށް ބީފް ކައިއުޅޭ މީހުންނަށް މިޑިޝްވަރަށް ކަމުދާނެކަން ޔަޤީނެވެ.
ބޭނުންވާނެ ތަކެތި :
1 ކިލޯ ބީފް ( ކުދި ކިއުބްސް ބައްޓަމަށް ކޮށާފަ )
2 މޭޒުމަތީ ސަމުސާ ތެޔޮ
1 ފިޔާ ( ކުދިކޮށް ކޮށާފަ )
ލެމަންގްރާސް ( 2 މޭޒުމަތީ ސަމުސާ ކުދިކޮށްކޮށާފައި )
ރަހަލާވަރަށް ލޮނުމެދު އަދި އިނގުރު (ކުދިކޮށް ކޮށައި ޗިސްކޮށްފައި )
¼ ޖޯޑު ޓޮމާޓޯ ޕޭސްޓް
4 ޖޯޑު ބީފް ސްޓޮކް
2 ކެރެޓު ( 2ސެންޓިމީޓަރުގެ އެތިކޮޅުކޮޅަށް ކޮށާފައި )
1 ސައިސަމުސާ ފިޝް ސޯސް
375 ގްރާމް ރައިސް ސްޓިކް ނޫޑުލްސް
½ ޖޯޑު ކޮރިއެންޑަރ ( ކުދިކޮށް ކޮށާފައި )
½ ބޭސިލް ފަސް ( ކުދިކޮށް ކޮށާފައި )
1 ލުނބޯ ( ތުނި ފޮތިފޮއްޗަށް ކޮށާފަ )
ލޮނު، އަސޭމިރުސް
ތައްޔާރުކުރާނެ ގޮތް :
ފުރަތަމަ 160 ޑިގްރީއަށް އަވަން ޖައްސާލާށެވެ.
ވަކިން ތައްޓެއްގައި ބީފްތަކުގައި ލޮނު އަދި އަސޭމިރުސް އުގުޅާށެވެ. ދެން ތާހަކަށް ކުޑަ ތެޔޮކޮޅެއް އަޅާ، ތެޔޮކޮޅު ހޫނު ވުމުން ބީފްކޮޅު އަޅާލާ މީރުކޮށްލާށެވެ. ބީފްކޮޅު ރޯފިލުމުން ތާހުގެ ތެރެއިން ނަގައި، ވަކިން ތައްޓަކަށް އަޅާ އެއްކައަރީގައި ބަހައްޓާށެވެ.
ދެން އުދުނުގެ ގިނި މަޑުކޮށްލުމަށްފަހު ކުރިން ބީފް ތައްޔާރުކުރި ތެއްޔަށް ފިޔާ، ލެމަންގްރާސް، ލޮނުމެދު، އިނގުރު އަދި ކެރެޓުކޮޅު އަޅައި މީރުކޮށްލާށެވެ. އެއަށްފަހު 6 ވަރަށް މިނެޓު މިތަކެތި ކައްކާލާށެވެ.
ދެން މީރުކުރި އެއްޗެހީގެ ތެރެއަށް ޓޯމާޓޯ ޕޭސްޓު އަޅާ ދެމިނެޓު އެއްކޮށްލާށެވެ. އަދި އެއަށްފަހު ހޫނުފެނުގައި ގިރާފައިވާ ޗިކަން ސްޓޮކް މިތަކެތީގެ ތެރެއަށް އަޅާށެވެ. މިހުރިހާ ބާވަތްތައް އެއްކޮށްލުމަށްފަހު ކުރިން ވަކިކުރި ބީފްކޮޅުވެސް މީގެތެރެއަށް އަޅާ، ކައްކާލާށެވެ.
ބީފްގަނޑު ކެއްކުމުން އަވަނަށް ލެވޭ ފަދަ ޓްރޭއަކަށް ހުރިހާ އެއްޗެއް އަޅާށެވެ. އެޅުމަށްފަހު މައްޗެއް ޖަހައި 2 ½ މަޑު ގިނީގައި ފިހެލާށެވެ.
ރައިސް ސްޓިކް ނޫޑުލްސް ތައްޔާރުކުރުމަށްޓަކައި ތެއްޔެއްގައި ލޮނާއެކު ފެން ހޫނު ކޮށްލާށެވެ. ހޫނުވެފައިވަ ފެނުގެ ތެރެއަށް ނޫޑުލްސްތައްއަޅާލާ ހަތަރު މިނެޓު ކައްކާލާށެވެ. ހަތަރު މިނެޓު ވުމުން ފެންގަނޑު ޑްރެއިންކޮށްލާށެވެ. އަދި ކުދި 6 ބޯތައްޓަށް ނޫޑުލްސްތައް ވަކިކޮށް އަޅާށެވެ. މިއަށްފަހު ކުރިން ފިހުނު ބީފްތައް ވަކިވަކިން ތަށިތައްޓަށް ބަހާލާށެވެ. އަދި ކޮންމެ ބޯތައްޓަކަށް ކޮރިއަންޑާ، ބޭސިލް އަދި ލުނބޯ ފޮތި ގާނިޝްކުރަން އަޅާށެވެ.
މިހުރީ ވިއެޓްނާމީސް ބީފް އެންޑް ލެމަންގްރާސް ސްޓޫ ތައްޔާރުވެފައެވެ.