ޚަބަރު

ކިހާދޫ ޓިވެކް ސެންޓަރުގެ ކޯސްތަކަށް ހުޅުވާލައިފި


ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ބ.ކިހާދޫގައި ކޯސްޓްލައިން ފައުންޑޭޝަނުން ހަދާފައިވާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ (ޓިވެކް)ގެ ޚިދުމަތް މެދުކެނޑުކަމަށްފަހު ހުޅުވުމަށް ތައްޔާރު ވެއްޖެއެވެ.

ޓިވެކުން ވިދާޅުވީ އަލުން ހުޅުވާނީ އަންނަ މާޗް މަހުކަމަށެވެ. މާޗްމަހު ފެށުމަށް ހަމަޖެހިފައިވާ 3 ކޯސްހަކަށް ވަނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށް އެސެންޓަރުން މައުލޫމާތުދެއްވައެވެ. އެސެންޓަރުން އާންމުކޮށް ކުރިއަށްގެންދަނީ ތިން ކޯހެކެވެ. އެއީ އިލެކްޓްރިޝަން އާ ޕެޓްރޯލް އެންޑް ޑީސަލް އިންޖީން މެކޭނިކްގެ އިތުރުން އެއަރކޮންޑިޝަން އެންޑް ރެފްރިޖެރޭޝަންގެ ކޯސްތަކެވެ. މާޗް މަހުފެށޭ މިތިންކޯހުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން އަންނަ މަހުގެ 5ވަނަ ދުވަހުގެ ކުރިން ލިޔުން ހުށައަޅަންޖެހެއެވެ.

ކިހާދޫގައި ހުންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރަކީ މަސައްކަތުގެ މާހައުލަށް ބޭނުންވާ ތަމްރީނު ހިލޭ ފޯރުކޮށްދޭ ސެންޓަރެކެވެ. މި ސެންޓަރުން ކޯސްތައް ހިންގަނީ 6 މަސްދުހަށެވެ. މި ސެންޓަރުން ކިޔަވާ ދަރިވަރުންގެ ކޯސްފީއާއި ހުރުމާއި ކެއުމަށް އެއްވެސް އެއްޗެއް ދައްކާކަަށްނުޖެހެއެވެ. އަދި އެއްވެސް ބޮންޑެއްވެސް ނޯވެއެވެ.

ޒުވާނުން މަސައްކަތުގެ ދާއިރާއިން ތަމްރީނުކުރުމަށް ކޯސްޓްލައިން ފައުންޑޭޝަނުން 2016ވަނަ އަހަރު ކިހާދޫގައި ގާއިމުކުރި މި ސެންޓަރަކީ އަމިއްލަ ފަރާތަކުން ރާއްޖޭގަ ހިންގާ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރެވެ. މިހާތަނަށް ޓިވެކުން ވަނީ 150އަށްވުރެ ގިނަ ދަރިވަރުން ވަޒީފާގެ ބާޒާރަށްނެރެދީފައެވެ.