އަތޮޅުތައް

ކުޅުދުއްފުށީގައި އަލިފާނުގެ ޙާދިސާއެއް ހިނގާ 2މީހަކަށް އަނިޔާވެއް


ހދ. ކުޅުދުއްފުށީގެ ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގާ ދެމީހަކަށް އަނިޔާވެއްޖެއެވެ.ކުޅުދުއްފުށީ ނިމަކާ ގޭގައި ރޭ ފަތިހު 4:45 އެހާއިރު ހިނގި މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް ކުލޫދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދީފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.އަދި މި ހާދިސާގައި ނިމަކާ ގޭގައި ހުރި ބައެއްތަކެއްޗަށް އެކިވަރުގެ ގެއްލުންވެފައިވާކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.އެ ގޭގައި ރޯވި އަލިފާން ގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ ރޭ ފަތިހު 5.50 އެހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.