ޚަބަރު

ބ.އަތޮޅުގައި ކޯވިޑް ވެކްސިން ދޭން ފަށައިފި


ކޯވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމް ބ.އަތޮޅު ހޮސްޕިޓަލްގައި ފަށައިފިއެވެ.

ކޮވިޝީލްޑް ވެކްސިން ފުރަތަމަ ޑޯޒް އިއްޔެ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ 40 މީހަކަށްވަނީ ދީފައެވެ.

ފުރަތަމަ ބުރުގައި މި ވެކްސިން ދޭނީ ހޮސްޕިޓަލުގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށާއި އޭދަފުށީގައި ތިބި 80 އަހަރުން މަތީގެ މީހުންނަށް ކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ކޮވިޝީލްޑް ވެކްސިން އަތޮޅުގެ އެހެން ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، މިހަފްތާތެރޭގައި އެރަށްތަކުގައިވެސް ވެކްސިން ދޭން ފެށޭނެކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.