ޚަބަރު

ކޯވިޑް-19: މިއަދު ޕޮޒިޓިވްވީ 51 މީހުން، ގިނައީ ރިޒޯޓްތަކުން


ރާއްޖެއިން އިތުރު 51 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. މިއަދުވެސް އެންމެ ގިނައިން މީހުން ޕޮޒިޓިވްވެފައިވަނީ ރިސޯޓްތަކުންނެވެ. ރިސޯޓުތަކުން ޖުމުލަ 28 މީހަކު ވަނީ އަލަށް ޕޮޒިޓިވްވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި ހަޔަކުން މިއަދުގެ އިރު އޮއްސުމާއި ހަމައަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި 51 މީހުންގެ ތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 19 މީހަކާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 3 މީހަކާއި ސަފާރީއަކުން ޕޮޒިޓިވްވި މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމުލަ ޢަދަދުވަނީ 14513އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 35 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު 13540މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި ކޯވިޑަށް ފަރުވާ ހޯދަމުންދަނީ 917 މީހުންނެވެ. އޭގެތެރޭގައި އެޑްމިޓްކޮށްގެން 69 މީހުން ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 3003 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް ޖުމްލަ 364،325 ސާމްޕަލްވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 49 މީހުން ވަނީ ނިޔާވެފައެވެ. އެއީ 41 ދިވެހިންނާއި، 8 ބިދޭސީންނެވެ.