ކޯވިޑް-19

ކޯވިޑް-19 : އިތުރު 8 މީހަކަށް ބަލިޖެހި، ޖުމްލަ ޢަދަދު 13،501 އަށް އަރައިފި


ރާއްޖެއިން އިތުރު 8 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެ.ޗްޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަޙައްދުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 4 މީހުންނެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން އެކަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓްތަކުން 3 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13،501 އަށް އަރާފައެވެ.

ބަލިޖެހުނު މީހުންގެތެރެއިން މިއަދު ރަނގަޅުވި 34 މީހުންނާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޢަދަދު 12،929 އަށް ވަނީ އަރާފައެވެ. ރާއްޖޭގައި މި ބައްޔަށް މިހާރު ފަރުވާ ހޯދަމުންދަނީ ޖުމްލަ 517 މީހުންނެވެ. އޭގެ ތެރޭގައި 379 މީހަކަށް މާލޭ ސަރަޙައްދުގައި ފަރުވާ ދެމުންދާއިރު، އަތޮޅުތަކުގައި 41 މީހަކަށް، ރިސޯޓުތަކުގައި 57 މީހަކަށް، ސަފާރީތަކުގައި 12 މީހަކު އަދި ހަދަމުންދާ ރަށްރަށުގައި 25 މީހަކަށާއި، ސިނާޢީ މަސައްކަތް ކުރާ ރަށްރަށުގައި 3 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި 44 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 2،613 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް ނެގި ސާމްޕަލްތަކުގެ ޢަދަދު 291924އަށް މިވަނީ އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ.