ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދި ވ. ކެޔޮދޫ ހައިޝަމް އިބްރާހީމް އަލީ އަށް ކެޔޮދޫން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ކެޔޮދޫއަށް އުފަން ހައިޝަމް ގައުމީ މުބާރާތުގެ ތަށްޓާއެކު އެ ރަށަށް ދިޔައީ ހޯމަ ދުވަހުގެ ހަވީރުއެވެ. ރަށުގެ ކުޑަ ބޮޑު އެންމެން ކަހަލަ ގޮތަކަށް ބަނދަރުމަތިން ރަތް ދޫލައިގައި ހައިޝަމްއަށް މަރުހަބާ ކިޔާފައިވެއެވެ.
ގައުމީ ބެޑްމިންޓަން މުބާރާތް ހައިޝަމް ކާމިޔާބުކުރީ އޭނާއާ އެއް ކުލަބަކަށް ނިސްބަތްވާ ނިބާލް އަހުމަދު ބަލިކޮށްގެންނެވެ. ނިބާލްގެ މައްޗަށް ގައުމީ ފައިނަލުން ހައިޝަމް ކުރިހޯދީ 2-1 ސެޓުންނެވެ.
މީގެ ކުރިން އަތޮޅު މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހައިޝަމް ހޯދިއިރު، ރިވައިވަލް ސްޕޯޓްސް އިން އޭނާއަށް ވަނީ ސްކޮލާޝިޕްގެ ފުރުސަތު ދީފައެވެ. އެ ފުރުސަތުގައި ތަމްރީނުވަމުން އައި ހައިޝަމް، 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްއަށް ނެގި ގައުމީ ސްކޮޑުގައި ނުހިމެނުމުން ދިމާވި ކަންތައްތަކާއެކު ކުޅުން ހުއްޓާވެސްލިޔެވެ.
ދެ އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރި ހައިޝަމް އެނބުރި ކުޅުމުގެ ތެރެއަށް އައީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އަދި ގައުމީ ޓީމުގެ ސެލެކްޝަނުގައި ބައިވެރިވެ، ގައުމީ ޓީމުގެ ސްކޮޑުން ވެސް އޭނާ ޖާގަ ހޯދިއެވެ.
"ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ހައިޝަމް ވަނީ ރަށުން ކީ ހޫނު މަރުހަބާއަށް ރަށުގެ ރައްޔިތުންނަށް ޝުކުރުއަދާކޮށްފައެވެ. އަދި މި ލިބުނު ފަޚުރާއެކު އިތުރު ކާމިޔާބީ ހޯދަން މަސައްކަތް ކުރާނެ ކަމަށް ހައިޝަމް ވަނީ ބުނެފައެވެ.
ކެޔޮދޫން ވަނީ މި ފަހުން ވޮލީގައި ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕުގައި ބައިވެރިވެ، އެ މުބާރާތުން ވެސް ކާމިޔާބު ހޯދައިފައެވެ. އެ ފަހަރުވެސް ރަށުގެ ރައްޔިތުން ވަނީ އެ ކާމިޔާބީ ހޯދި ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.