ޚަބަރު

50 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ލިބޭނެ - ޤައުމީ ވެކްސިން ޕްރޮގްރާމް


ކޯވިޑް-19އިން ރައްކާތެރިވުމަށް ދޭ ވެކްސިން ރާއްޖޭގައި ޢުމުރުން 50 އަހަރާއި 50 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ދިނުމަށް ނިންމާފައިވާ ކަމަށް ޤައުމީ ވެކްސިން ޕްރޮގްރާމްގެ މެމްބަރު ޑރ.ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޒްލާ މުސްތަފާ ވިދާޅުވީ ބައިނަލްއަޤުވާމީ ގޮތުން ފޯރުކޮށްދޭ ކޮވެކްސް ފެސިލިޓީގެ ތެރެއިން ހިލޭ ލިބޭ ވެކްސިން ދިނުމުގައި އެންމެ އިސްކަންދޭނެ މީހުން މިހާރު ކަނޑައަޅާފައިވާކަމަށެވެ.

ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ 3 ދާއިރާއަކަށް ބަހާލައިގެންކަމަށާއި، އެގޮތުން އެންމެ ފުރަތަމަ އިސްކަންދޭނީ ފުރާނަ ސަލާމަތްކުރުމަށް ވެކްސިން ދޭންޖެހޭ ފަރާތްތަކަށް ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އޭގެ ފަހުން ސިއްޙީ ފަރުވާ ދޭމީހުންނާއި ކޯވިޑް-19އިގެ މަސައްކަތުގައި ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކާއި އިޤްތިޞާދީ އަދި އިޖުތިމާޢީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭގައި ކުރީސަފުގައި މަސައްކަތްކުރަންޖެހޭ ފަރާތްތައް ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ރާއްޖެއަށް ވެކްސިން ލިބުމުން ޢުމުރުން 50 އަހަރުގެ މީހުންނާއި 50 އަހަރުން މަތީގެ ހުރިހާ މީހުންނަށްވެސް ވެކްސިން ލިބޭނެކަމަށް ޑރ.ނަޒްލާ ރަފީޤް ވިދާޅުވިއެވެ.

ސިއްޙީފަރުވާ ދޭމީހުންގެ ތެރެގައި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާއި ސޯޝަލް ހެލްތު ކެއަރ ވޯކަރސްއާއި ޑޮކްޓަރުންނާއި ނަރުހުންނާއި ލެބް ޓެކްނީޝަނުންނާއި އާރްއާރްޓީމުގައި ހިމެނޭ ފަރާތްތަކާއި ކަށުކަމާކެމީގެ ކަންކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ވެކްސިންދިނުމަށް ވަނީ ހަމަޖެހިފައި. އެއީ ޚިދުމަތުގައި ތިބި ފަރާތްތަކުގެ ތެރެއިން ބައްޔަށް ހުށައެޅުމުގެ ފުރުސަތު ބޮޑު މީހުން. އަޅުގަނޑުމެން މިބަލަނީ މިއީ 3 އިންސައްތަ އާބާދީއެއްކަމަށް."ޑރ.ނަޒްލާ މުސްތަފާ

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.ނަޒްލާ މުސްތަފާ ވިދާޅުވީ 50 އަހަރުން ދަށުގެ މީހުންގެ ތެރެއިން ހައި ރިސްކް މީހުން ނުވަތަ ދާއިމީ ބައްޔަކަށް ފަރުވާ ކުރަމުން އަންނަ މީހުންނަށްވެސް ވެކްސިން ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ ތެރޭގައި ކެންސަރަށް ފަރުވާ ހޯދަމުން އަންނަ މީހުންނާއި ވޭތުވެދިޔަ އެއްއަހަރު ތެރޭގައި ކެންސަރަށް ފަރުވާ ހޯދާފައިވާ މީހުންނަށް ވެކްސިން ދިނުމަށްވަނީ ނިންމާފައިކަމަށް ޑރ.ނަޒްލާ މުސްތަފާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް ހަކުރު ބަލީގެ މީހުންނާއި އިސްކޮޅަށްވުރެ ބޮޑަށް ބަރުދަން އިތުރުވެފައިވާ މީހުންނާއި ދިފާޢީ ނިޒާމު ބަލިކަށި މީހުންނާއި ފުއްޕާމޭގެ ބައްޔާއި، ހިތުގެ ބައްޔާއި، ކިޑްނީގެ ބަލިތަކާއި ތެލަސީމިއާ ޕޭޝަންޓުންނަށް ވެކްސިން އެންމެ ފުރަތަމަ ދިނުމަށް އިސްކަންދޭން ނިންމާފައިވާކަމަށް ޑރ.ނަޒްލާ މުސްތަފާ ވިދާޅުވެއެވެ.

އިޤްތިޞާދީ އަދި އިޖުތިމާޢީ ދާއިރާއިން ޓީޗަރުންނާއި ފުލުހުންނާއި ސިފައިންނާއި އެއަރޕޯޓް ސްޓާފުންނާއި ޓްރެވެލް އޭޖެންސީސްތަކާއި ޓޫރިޒަމް އިންޑަސްޓްރީ އާއި ކުނި ނައްތާލުމަށް މަސައްކަތްކުރާ ފަރާތްތަކާއި ޕަބްލިކް ޓްރާންސްޕޯޓްގައި މަސައްކަތްކުރާ ފަރާތްތަކާއި ކަރެކްޝަނަލް ފެސިލިޓީގައި މަސައްކަތްކުރާ ފަރާތްތަކަށް ވެކްސިން ދިނުމަށްވަނީ ނިންމަވާފައެވެ. މުޅި އާބާދީއަށް ބޭނުންވާ ވަރަށް ވެކްސިން އެއްފަހަރާ ނުލިބޭނެކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ތިމަންނަ

ހުރިހާ މީހުނަކަށް ނުޖަހާނެޔޯ ނަމަވެސް ލިސްޓް ނިމުނުއިރު ރާއްޖޭގައި ނުޖަހާ ދުކޮށްލެވޭނެ މީހަކުނެތް..