ކޯވިޑް-19

ކޮންޓެކްޓް ނުވެ ކޯވިޑް-19 ފެތުރޭ މިންވަރު ދަށްނުވަނީސް ލުޔެއް ދީފިނަމަ އެކަމުގެ އަސަރު މުޅި ރާއްޖެއަށް ކުރާނެ


ކޮންޓެކްޓް ނުވެ ކޯވިޑް-19 ފެތުރޭ މިންވަރު ދަށްނުވަނީސް ލުޔެއް ދީފިނަމަ އެކަމުގެ އަސަރު މުޅި ރާއްޖެއަށް ކޮށްފާނެކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ނަޒްލާ ވިދާޅުވީ، ހަމައެކަނި ބަލި ޖެހޭ މީހުންގެ އަދަދު އެކަނި ބަލައިގެން ނުވާނެކަމަށެވެ. އެގޮތުން ބަލި ފެތުރޭގޮތް ބެލުމަށްފަހުނޫނީ ލުޔެއްދީފިނަމަ މިކަމުގެ ބިރު މުޅި ރާއްޖެއަށްކޮށް، ކޮންޓްރޯލް ކުރަން އުނދަގޫތަކެއް ކުރިމަތިވާނެކަމަށެވެ.

މިދިޔަ ހަފްތާތެރޭގައިވެސް ކޮނެޓްކްޓް ނުވެ 25 އިންސައްތަ މީހުންނަށް ބަލި ޖެހުނުކަން ޑރ ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކްޓިވް ސަވައިލަންސްގެ ތެރެއިން ސާމްޕަލް ފެންނަ އަދަދު މި 4 ދުވަހު ދަށަށް ނުދާކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ ނަޒްލާ ވަނީ މާލެ ހިމެނޭ ސަރަހައްދުން ބަލި ފެނި ފެތުރެން ފެށުމާ ގުޅިގެން ފުރަބަންދު ކުރުމުން ރާއްޖޭ އެހެން ރަށްތައް މި ބަލި ސަލާމަތް ކުރެވުނުކަކަން ފާހަގަކުރައްވައި އިތުރު ލުޔެއް ދެވޭނީ ރައްކާތެރިކަމަށް ބެލުމަށް ފަހުގައިކަން ފާހަގަކުރައްވާފައެވެ.

"މީ އަޅުގަނޑުމެން މޮނީޓަރކޮށް ބަލަން ޖެހޭ ކަންކަން، މިކަންކަން ބެލުމަށްފަހުގައި އެކަންކަންކަން ދަށަށްގޮސް ރިސްކް ލޯ ވާވަރު ވީމަ މިހާރު މިއޮތް ފުރަބަންދައް ލުޔެއްދެވޭނީ، އަދި ހަމަ ދަށަށް ދާއިރައް ލުއިދިނުމުގެ ވިސްނުމެއްނެތް ދުވަސްތަކަކު ބެލުމަށްފަހުގައި ލުއިދޭނީ" ޑރ.ނަޒްލާ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން އެގާރަހާސް ހަތަރުސަތޭކަ އެކާވީސް މީހުން ކޯވިޑް-19 ޖެހިފައިވާއިރު، ރާއްޖޭގެ ބާވީސް ރަށެއްގައި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުން އެބަތިއްބެވެ. ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 10472 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.