ކޯވިޑް-19

ހޯމް ކަރަންޓީންގައި ތިބޭ މީހުންގެ ސާމްޕަލް ނެގުމުގެ ޚިދުމަތް ބ.އަތޮޅު ހޮސްޕިޓަލުން އަލުން ފަށައިފި


މާލެ އާ ރިސޯޓުތަކުން ހޯމް ކަރަންޓީނަށް ގޮސް ތިބޭ މީހުންގެ ސާމްޕަލް ޓެސްޓް ހެދުން ބ.އަތޮޅު ހޮސްޕިޓަލުގައި މެދުކެނޑިފައި މެދުކެނޑިފައި އޮތުމަށްފަހު މިޚިދުމަތް އަލުން ފަށައިފިއެވެ.

ހޯމް ކަރަންޓީގައި ތިބޭ މީހުންގެ ސާމްޕަލް ޓެސްޓް ހެދުން ބ.އަތޮޅު ހޮސްޕިޓަލުން މެދުކަނޑާލީ، އެޗްޕީއޭއިން އެންގުމުން ކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. މި ޚިދުމަތް މެދުކެނޑިފައި އޮންނަތާ 1 މަސް ފަހު އަލުން ފެށީ ޓެސްޓް ހެދުމަށް ބޭނުންވާ ވަސީލަތްތައް ލިބުމުންނެވެ.

ހޯމް ކަރަންޓީންގައި ތިބޭ މީހުންގެ ޓެސްޓް ހެދުން މެދުކަނޑާލާފައި އޮތް އިރުވެސް އިމަރޖެންސީ ހާލަތްތަކުގައި އަންނަ ފަރާތްތަކަށާ، ކޯވިޑް ފެސިލީޓީގައި އެޑްމިޓްކޮށް ފަރުވާދެމުން އައި ފަރާތްތަކަށް މިޚިދުމަތް އެެހޮސްޕިޓަލުންވަނީ ދީފައެވެ.

ބ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސް މުހައްމަދު ރަޝީދު ވިދާޅުވީ، ހޯމް ކަރަންޓީގައި ތިބޭ މީހުންގެ ސާމްޕަލް ޓެސްޓްގެ ނަތީޖާ އެއްދުވަސް ތެރޭގައި ލިބޭނެކަމަށެވެ.

މިޚިދުމަތް ބ.އަތޮޅު ހޮސްޕިޓަލުން އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ، މި އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. އެއީ ބ.އަތޮޅު ހިމެނޭ ޒޯނަށް އަމާޒުކޮށްގެން ހެދި ކޯވިޑް 19 އަށް ފަރުވާ ދޭ މަރުކަޒު ހުޅުވުމާ ގުޅިގެންނެވެ.
ބ.އަތޮޅުގައި މިހާރުވެސް ހޯމް ކަރަންޓީންގައި 93 މީހަކު އެބަތިއްބެވެ.