ޚަބަރު

ބ.ފެހެންދޫ ބަނދަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް ފަށައިފި


ބ އަތޮޅު ފެހެންދޫ ބަނދަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް ފަށައިފިއެވެ. މި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށްވަނީ ހަމަޖެހިފައެވެ. އަދި 130 ކިލޯމީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ.

ބ.ފެހެންދޫ ބަނދަރުހެދުމުގެ މަޝްރޫޢުގެ ދަށުން 25000 (ފަންސަވީސް ހާސް) ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާ 18500 (އަށާރަހާސް ފަސްސަތޭކަ) ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅުފުން ކުރުންވެސް ހިމެނެއެވެ.
ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ، އެމްޓީސީސީން ބުނީ މި މަސައްކަތުގެ އިތުރަށް 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްޖެހުމާ، ބަނދަރު ހިމެނޭ ސަރަހައްދުގެ މަގުބައްތި ޖެހުމާ، ނެރުބައްތި ޖެހުމާއި، 558 (ފަސްސަތޭކަ ފަންސާސް އަށް) މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްޖެހުމަށް ހަމަޖެހިފައިވާކަމަށެވެ.
ޖުމްލަ 49.66 (ސާޅީސް ނުވައެއް ޕޮއިންޓް ހައެއް ހައެއް) މިލިއަންރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.