ކޯވިޑް-19

ކޯވިޑް-19 : އޭދަފުށީ ފެސިލިޓީގައި ފަރުވާދިން 81 އަހަރުގެ މީހާ ރަނގަޅުވެއްޖެ


ބ.އޭދަފުށީގައި ގާއިމްކޮށްފައި ހުރި ކޯވިޑް ފެސިލިޓީގައި ފަރުވާދިން 81 އަހަރުގެ މީހާ ބަލިން ރަގަޅުވެ ދޫކޮށްލައިފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، 15 ދުވަސް ވަންދެން ފަރުވާ ދިނުމަށް ފަހު އެ ފިރިހެން މީހާ ބަލިން ރަނގަޅުވުމުން ދޫކޮށްލާފައި ވާކަމަށާއި، މިހާރުވެސް އުމުރުން ދުވަސްވީ ބަލިހާލު ބޮޑު އިތުރު މީހަކަށް ފަރުވާދެމުން އަންނަކަމަށެވެ.

ކޯވިޑްއަށް ޕޮޒިޓިވްވެގެން އެ މީހާ އެޑްމިޓް ކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

ބ.އޭދަފުށީގައި ގާއިމްކޮށްފައި ހުރި މި ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދެނީ ނ، ރ ބ ޅ މި ހަތަރު އަތޮޅު ހިމެނޭ، ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންނަށެވެ.

މީގެ ތެރޭގައި ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާ، ކުޑަކުދިން ހިމެނެއެވެ. އެހެން ނަމަވެސް ބ.އޭދަފުށިން ޕޮސިޓިވްވި ތިންމަހުގެ ކުއްޖާއަށް ފަރުވާ ދިނުމަށް މި ފެސިލީޓީއަށް ނުގެންނަ ކަމަށާއި އެކުއްޖާގެ ހާލު ރަގަޅުކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.