ޚަބަރު

ނ ފޮއްދޫގެ ވަކިވި ޖެޓީ ގުޅުވާލާ މަލަމަތި ބަދަލުކޮށްލައިފި


ނ ފޮއްދޫގެ ވަކިވި ޖެޓީ ގުޅުވާލާ މަލަމަތި ބަދަލުކޮށްލައިފިއެވެ. ގޮނޑުދޮށް ގިރާ ރަށުގެ ޖެޓީ ރަށާވަކިވެ ލަފާފުރުމުގައި އެތައް އުނަދގޫތަކެއް ކުރިމަތިވެފައިވާ ނ. ފޮއްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ސަރުކާރުން ހަވާލުކުރެއްވީ މިއަހަރުގެ ކުރީ ކޮޅުއެވެ. އެމްޓީސީސީން ވަނީ ކުރިއަށްއޮތް ދެ ތިން ހަފްތާގެ ތެރޭގައި މަސައްކަތް ނިންމާ ރަސްމީކޮށް ހަވާލުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ނ. ފޮއްދޫއަށް ފަހުގެ ތާރީހެއްގައި އުދަ ނާރާހާ ބޮޑަށް އުދަ އަރާ އެރަށުގެ ރައްޔިތުން ލަފާފުރުމަށް ބޭނުންކުރި ޖެޓީ އެރަށާއި ވަކިގެންދިޔައީ މިދިޔަ މިއަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. އެގޮތުން ފާލަން ރަށާއި ވަކިވުމުން ރަށުގެ ރައްޔިތުން ރަށަށް އަރާފައިބަނީ ރަށުގެ ހުޅަނގު ފަރާތަށް ޑިންގީ ނުވަތަ ބޮއްކުރާ ގާތްކޮށްގެންނެވެ. ލޯކަލް ޓުއަރިޒަމް ފުޅާވަމުން އަންނައިރު ޖެޓީ ރަށާއި ވަކިވެފައިވުމުން ފަތުރުވެރިންނަށް ވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށް އެރަށުން ކައުންސިލުން ވިދާޅުވެއެވެ. ލަފާފުރަން ބޭނުންކުރާ ފާލަން ރަށާއި ވަކިވުމުން އެކަމުގެ ކަންބޮޑުވުންތައް އެރަށު ރައްޔިތުން ދިޔައީ ސޯޝަލް މީޑީއާގައި އޭރު ފާޅުކުރަމުންނެވެ.

ފޮއްދޫގެ ޖެޓީން ރަށާ ގުޅިފައިވާ ބައި ރަށާ ވަކިވުމުން އެކަމުގެ ސަމާލުކަން ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކާއި އާއްމުންގެ ސަމާލުކަމަށް އެންމެ ފުރަތަމަ ގެންނެވި އެ ބޭފުޅަކީ އެ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. އަދި މިއަހަރުގެ ބަޖެޓްގައި ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުވެސް ވަނީ ހިމަނާފައެވެ.

ށ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ ޕަބްލިކް ލިމިޓެޑް، އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އިރު މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 7.6 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 6 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެގޮތުން މި މަސައްކަތުގެ އީއައިއޭ އެއްމަސްދުވަހުގެ ތެރޭ ނިންމާ އަމަލީ މަސައްކަތް ފަށާފައިވަނީ 18 މާރޗް 2020 ގައެވެ.

އެމްޓީސީސީގެ ޓުވީޓް

މި މަޝްރޫއުގެ ދަށުން ރަށުގެ އިރުމަތީ ފަރާތުގެ ޖެޓީ ކައިރިން 180 މީޓަރުގެ ސަރަހައްދެއް ގޮނޑުދޮށުން ހިމާޔަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންކުރާނީ ޖިއޯ ބޭގެވެ.

ފަހަކަށް އައިސް ރާއްޖޭގެ ބައެއް ރަށްތައް އަންނަނީ ވަރަށް ބޮޑަށް ގިރަމުންނެވެ. މިކަން ހައްލުކުރުމަށް ސަރުކާރާއި ރަށު ރައްޔިތުން ގުޅިގެން ގިނަ މަސައްކަތްތަކެއްވެސް އަންނަނީ ކުރަމުންނެވެ. މިގޮތުން ގިރަމުން އަންނަ ރަށްރަށަށް ވަގުތީ ހައްލެއްގެ ގޮތުން އީޕީއޭގެ ހުއްދަ ނުހޯދާވެސް ގޮނޑުދޮށުގައި ވެލި ބަސްތާތަކާއި ޖަމްބޯ ބޭގްސް ޖަހަމުން ގެންދިޔުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ދިއްދޫ ދަރިއެއް

ޖެޓީ ގުޅުވާލުމަކުން ވަކި ހިތްހަމަޖެހުމެއްނެތެވެ. މިހާރު ޖަހަމުންދާ ބަސްތާ ތަކުގެ ނޭދެވޭ އަސަރު ކުރުމަށް ގިނަ ވަގުތުތަކެެއް ދެންނެތެވެ. ވޭވް ބެރިއަރ އެއްނެތި ގޮނޑުދޮށުގައި ބަސްތާ ޖަހަނީ މޮށައިންނެވެ.

ފޮއްދޫމީހާ

ފޮއްދޫގައި ހުރީ 42ގެ މި ގެ ތަކުގައި އުޅޭ މީހުން މާލެ ކައިރި (ހުޅުމާލޭގެ) ހިސާބަކަށް ބަދަލު ކުރުމަށް 84 ފްލެޓް އަޅާ ހާ ހަރަދު ފޮއްދޫގެ ޖެޓީއަށް ކޮށްފައިވޭ - އެންމެ ބޯލްޓެއް ނެތިގެން ކޮންނަ ބޯޓް 6 މަސްދުވަހު މަސައްކަތް ނުކޮށް ދުވާލަކު 6000 ރުފިޔާ ތިންވަނަ ފަރާތަކަށް ކުލި ދައްކާލަދައްކާލަ އޮތް އިރު ، މިފަދަ އެތައް ޕްރޮޖެކްޓެއްގައި އޮޑިޓަށް ފަޅާ ނާރާނެ ގޮތަށް ކޮރަޕްޝަން ހިމެނިފައިވޭ - އޮޑިޓެއްގައި ނުބަލާ ޕްރޮޖެކްޓް އިވެލިއޭޝަން ތަކެއް ، ކުންފުނި ތަކުގެ ޕާފޯމެންސް އިވެލުއޭޝަން ތަކެއް ، ޓީކިއުއެމް އެއް ނުހަދާ !