ކޯވިޑް-19

ކޯވިޑް-19: ތުޅާދޫގައި ހޯމް ކަރަންޓީނުގައި ހުރިމީހަކު ނިޔާވެއްޖެ


ބ.ތުޅާދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ޢުމުރުން 59 އަހަރުގެ ފިރިހެނެކެވެ. މިމީހާ ނިޔާވީ ތުޅާދޫ ސިއްޙީމަރުކަޒުގައި ފަރުވާދެމުންދަނިކޮށް ހާޓްއެޓޭކެއް ޖެހިގެންކަމަށް ތުޅާދޫ ސިއްޙީމަރުކަޒުން ވިދާޅުވެއެވެ.

މިމީހާ ހޯމް ކަރަންޓީންގައި ހުންނަތާ ވަނީ 10 ދުވަސް ވެފައެވެ. މިމީހާގެ ސާމްޕަލް ކޯވިޑް-19އަށް ޓެސްޓުކުރުމަށް ބ.އަތޮޅު ހޮސްޕިޓަލަށް ވަނީ މިހާރު ގެންގޮސްފައެވެ.