ޚަބަރު

މިއަދު ޕޮޒިިޓިވް 36 ދިވެހިން 33


ރާއްޖެއިން މިއަދު 36 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވިއިރު އޭގެ ތެރޭގައި 33 ދިވެހިން ހިމެނިއްޖެއެވެ. މިއަދަކީ ފުރަބަންދަށްފަހު އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އަދި ފުރަބަންދަށްފަހު އެންމެ ގިނަ މީހުން ރަނގަޅުވެފައިވަނީވެސް މިއަދުއެވެ.

މިއަދު މި ބައްޔަށް 33 ދިވެހިން ޕޮޒިޓިވްވެފައިވާއިރު، މިއަދު ޕޮޒިޓިވް ވެފައިވަނީ 3 ބިދޭސީންނެވެ. މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 2 މީހުންނާއި އިންޑިއާގެ މީހެކެވެ. މިއާއެކު ރާޢްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2553އަށް އިތުރުވެފައެވެ. މިހާރު ރާޢްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 306 މީހުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވި މީހުންގެ ތެރެއިން 47 މީހަކު މިއަދު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 2227 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ރާއްޖޭގެ ކަރަންޓީވް ފެސިލިޓީތަކުގައި 97 މީހަކު ތިބިއިރު އައިސޮލޭޝަންގައި މިހާރު ތިބީ 283 މީހުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިހާތަނަށް ރާޢްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 13 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.