ޚަބަރު

ސާމްޕަލް ދޭން އިތުރު ބައެއްގެ މައްޗަށް ކޯޓުން އަމުރުކޮށްފި


ކޯވިޑް-19އަށް ޓެސްޓްކުރުމަށް ސާމްޕަލް ދޭން ދެކޮޅު ހެދި އިތުރު 4 މީހެއްގެ ސާމްޕަލް ނެގުމަށް ސިވިލް ކޯޓުން މިރޭ އަމުރު ނެރެފިއެވެ.

ބަންޑާރަނައިބުގެ އޮފީހުން ކޯޓުގަައި އެދުމުން ނެރުނު އެ އަމުރު ތަންފީޒު ކުރުމަށް ކޯވިޑް-19އަށް ޓެސްޓް ކުރަން ސާމްޕަލް ދޭން ދެކޮޅު ހެދިމީހުންނަށާއި ފުލުހުންނާއި އެކަމުގަައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް ކޯޓުން ވަނީ އަންގަވާފައެވެ.

ކޯވިޑް-19 އާ ގުޅިގެން މީހުންގެ ސާމްޕަލް ދިނުމަަށް އެދެނީ އާއްމު ސިއްހަތު ރައްކާތެެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަަށުންނެވެ. އެ އެންގުމަށް އަމަލު ނުކޮށްގެން މީގެ ކުރިންވެސް ސިވިލް ކޯޓުން އަމުރު ނެރެފައިވެއެވެ. އަދި ކަރަންޓީނަށް ދެކޮޅު ހެދި މީހުންނާ ދެކޮޅަށްވެސް ކޯޓުން ގެންދަނީ އަމުރުތައް ނެރެމުންނެވެ.