ޚަބަރު

ކޯވިޑް-19 : ސާމްޕަލް ދޭން ދެކޮޅުހެދި މީހެއްގެ މައްޗަށް އަނެއްކާވެސް ކޯޓު އަމުރެއް


ކޯވިޑް-19އަށް ޓެސްޓްކުރުމަށް ސާމްޕަލް ދޭން ދެކޮޅު ހެދި އިތުރު މީހެއްގެ މައްޗަށް ސިވިލް ކޯޓުން މިއަދު އަމުރެއް ނެރެފިއެވެ. ކޯވިޑް-19އަށް ޝައްކު ކުރެވިގެން ސާމްޕަލް ދޭން ދެކޮޅު ހެދުމުން އިއްޔެވެސް ވަނީ އެ ކޯޓުން އަމުރެއް ނެެރެފައެވެ.

އަދި މިއަދު ސާމްޕަލް ނެގުމުގެ އަމުރަކަށް ބަންޑާރަނައިބު އޮފީހުން އެދުމުން އެ އަމުރު ނެރުނީ ކަރަންޓީނުގައި ހުރި ދިވެހި ފިރިހެނެއްގެ މައްޗަށެވެ.

ކޯވިޑް-19 އާ ގުޅިގެން މީހުންގެ ސާމްޕަލް ނަގަނީވެސް އަދި ކަރަންޓީނަށް މީހުން ދިއުމަށް އަންގަނީ ދިއުމަށް އާއްމު ސިއްހަތު ރައްކާތެެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަަށުންނެވެ. އަދި އެ އެންގުމަށް އަމަލު ނުކުރާ ފަރަތްތަކުގެ މައްޗަށް ސިވިލް ކޯޓުން ގެންދަނީ އެ އެ އެންގުން ތަންފީޒު ކުރުމަށް އަމުރު ނެެރެމުނެވެ.

އެގޮތުން ކަރަންޓީނަަށް ދިއުމަށް ދެކޮޅު ހެދި ފަރާތްތަކުގެ މައްޗަށް އެ އަމުރުނެރެ އަމުރު ތަންފީޒު ކުރުމަށް ފުލުހުންނަށް އަންގާފައިވެއެވެ.