ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވި އެންމެންގެ ޙާލުވެސް މިވަގުތު ރަނގަޅު


ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ޢުމުރުން ދުވަސްވީ މީހާގެވެސް އަދި ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި އެންމެގެ ހާލުވެސް ރަނގަޅުކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންތަރުން ވިދާޅިވެއްޖެއެވެ.

އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، މިހާތަނަަށް ރާއްޖެއިން ކޯވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ އެންމެނަކީވެސް ވަރަށް ކުޑަކޮށް އަލާމާތްތައް ފެނުނު މީހުންކަމަށާއި، ގިނައިން ފެނިގައިވަނީ ކެއްސުމުގެ އަލާމާތްތަކެއްކަމަށެވެ.

ބަލިން ރަނގަޅުވިކަން ކަށަވަރުކުރުމަށް ޓެސްޓްހަދަން ސާމްޕަލް ނަގަނީ ބަލީގެ އަލާމާތެއް ހުންނަ މީހަކުނަމަ އަލާމާތްތައް އެއްކޮށް ރަނގަޅުވުމުންކަމަށެވެ. އަދި ދޫކޮށްލާއިރު 14 ދުވަސްވީިތޯވެސް ޔަގީންކުރާނެކަމަށް ނަޒްލާ ވިދާޅުވިއެވެ.

"މިވަގުތު އެނގިވަޑައިގަންނަވާނެ އައިޖޭއެމްއެޗްގައި އެބައޮތް ތަންކޮޅެއް އުމުރުންދުވަސްވީ ފަރާތެއް، ބަލީގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ ފަރާތެއް. ނަމަވެސް މިވަގު ހާލުރަނގަޅު. ދެންތިބި މީހުންގެ ހާލުވެސް ރަނގަޅު" ޑރ.ނަޒްލާ ވިދާޅުވިއެވެ.

މުޅިރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދު މިހާރުވަނީ މިވަނީ 108އަށް އަރާފައެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 16 މީހުންނެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެންތިބި އެނެމެންވެސް ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގަގައެވެ. މާލެއިން މިބަލި ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދި ގިނަބަޔަކު ނުވަތަ ބަލިޖެހުނު މީހުންނާ ސީދާ ދިމާވި ގިނަބަޔަކުވަނީ ދެނެގަނެވިފައެވެ. މިހާރު ކުރިއަށްދަނީ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމު މަސައްކަތެވެ.