އައިއޯއައިޖީ

އައިއޯއައިޖީ ކަވަރުކުރަން ޕީއެސްއެމްގެ ޓީމް ފުރައިފި


އަންނަ ހޮނިހިރު ދުވަހު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ކަވަރުކުރުމަށް ޕީއެސްއެމްގެ 5 މެމްބަރުންގެ ޓީމެއް ކޮންޓިންޖެންޓާއި އެކު ފުރައިފިއެވެ.ޖުމްލަ ދިހަ ކުޅިވަރަކުން ސާދަ ޓީމެއް މިފަހަރުގެ ގޭމްސްގައި ވާދަކުރާއިރު، ގޭމްސްގެ އެކި އެކި ޚަބަރުތައް ތާޒާކަމާއިއެކު ޕީއެސްއެމްގެ ޓީމުން ގެނެސްދޭނެއެވެ.ޕީއެސްއެމްގެ ޓީމުގައި ހިމެނޭ 5 މެމްބަރުންނަކީ ސްޕޯޓްސް ޑެސްކްގެ ސީނިއަ އެޑިޓަރ ހަފްސީ އަބްދުﷲ، ސްޕޯޓްސް ޑެސްކްގެ ސީނިއާ ޖާނަލިސްޓް މުޙައްމަދު ރިފްއަތުގެ އިތުރުން ދެ ކެމެރާމަނުންކަމަށްވާ އިސްމާއިލް އަޝްރަފް، އަބްދުﷲ ލަބީދް އަދި ސީނިއާ ޕްރޮޑަކްޝަން ޓެކްނީޝަން އަހުމަދު މައުމޫންއެވެ.ރީޔޫނިއަންގެ ދެ ސަރަހައްދެއްގައި ގޭމްސްގެ ކުޅިވަރުތައް ކުރިއަށްދާއިރު ޕީއެސްއެމްގެ ސްޕޯޓްސް ޓީމުން 2 ސަރަހައްދުން ކުޅިވަރުތައް ކަވަރުކުރާނެއެވެ. އަދި ރިއޫނީއަންގައި ކުރިއަށްދާ މުހިންމު މެޗުތައް ޕީއެސްއެމްއިން ލައިވްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.