ޚަބަރު

ކޯވިޑް-19 : މެލޭޝިއާއިން ދިވެއްސަކު ޕޮޒިޓިވްވިކަން ކަށަވަރު ކުރަނީ


މެލޭޝިއާގައި ހުރި ދިވެއްސެއްގެ ގައިން ކޯވިޑް-19 ފެނުނުކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެކަން ބަލަމުންދާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ މިހާތަނަށް ކަމާ ގުޅުންހުރި ފަރާތަކުން އެކަން ދިވެހި ސަރުކާރަށް ކަށަވަރުކޮށްދެއްވާފައި ނުވާކަމަށާ، އެ މަޢުލޫމާތު ލިބުމާއެކު އެކަން ޔަޤީން ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ޤައުމެކެވެ. މީގެ ކުރިން ޔޫއޭއީގައިވެސް ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވްވިކަމަށްބުނެ ޚަބަރުތައް ފެތުރިފައިވެއެވެ. ނަމަވެސް ދިވެހި ސަރުކާރުން ވަނީ އެއީ ދޮގު ޚަބަރެއްކަން ކަށަވަރުކޮށްދެއްވާފައެވެ.