ޚަބަރު

ކޯވިޑް-19 : ރާއްޖެއިން 860 ވުރެ ގިނަ ސާމްޕަލް ނަގައިފި


ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޝައްކުކުރެވޭ އަލާމާތްތައް ކުރެގެން 850 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖެއިން 863 ސާމްޕަލެއް ނަގާފައިވާކަމަށާއި، އޭގެ ތެރެއިން 842 ސާމްޕަލެއް ނެގެޓިވްވެފައިވާކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ 16 މީހެކެވެ. އަދި މި ބައްޔަށް ޕޮޒިޓިވްވި މީހުންނަށް ފަރުވާ ދިނުމަށް ހަދާފައިވާ އައިސޮލޭޝަން ފެސިލިޓީތަކުގައި ގިނަ ބަޔަކު އައިސޮލޭޓް ކުރެވިފައިވާއިރު، ކަރަންޓީން ފެސިލިޓީތަކުގައި މިހާރު 751 މީހަކު ތިބިކަމަށް މަބުރޫކް ވިދާޅުވިއެވެ.

އޭނާ ވަނީ ދިވެއްސަކު ކޯވިޑަށް ޕޮޒިޓިވްވުމަކީ މިކަމުން ރައްޔިތުން އިތުރަށް ސަމާލުވެ ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް އިތުރަށް ސަމާލުވާންޖެހޭ ކަމެއްކަމަށެވެ. އަދި މިހާރު ބައްޔަށް ޕޮޒިޓިވްވި ދިވެހި މީހާއަށް ޑޮކްޓަރުންގެ ޓީމުން ފަރުވާދެމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19އަށް ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވެފައިވަނީ 16 މީހެއް:

ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން
ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން
ކުރަމަތި މޯލްޑިވްސްއިން 2 މީހުން
ސަފާރީއަކުން 2 މީހުން
އަނަންތަރަ ދިގު މޯލްޑިވްސްއިން 2 މީހުން
އިގިރޭސި ވިލާތުން ރާއްޖެ އައި ދިވެއްސެއް
ރާއްޖެއިން އިޓަލީއަށް ފުރައިގެންދިޔަ 2 މީހެއް

މީގެ ތެރެއިން މިހާރު ފަރުވާ ދެވެމުންދަނީ 5 މީހަކަށެވެ. ބަލިން ރަނގަޅު ވެފައިވަނީ 9 މީހެކެވެ. ބަލިން ރަނގަޅުވި 9 މީހުން ދޫކުރުމަށް ހަމަޖެހިފައިވަނީ ކަނޑައަޅާފައިވާގޮތަށް 30 ދުވަހުގެ ކަރަންޓީނަކަށްފަހުގައެވެ.