ޚަބަރު

ކޯވިޑް-19 : ދިހަ މަސްދުވަހަށް ބޭނުންވާވަރަށް ކާޑުގެ ބާވަތްތައް ލިބޭނެ


ކުރިއަށް އޮތް 10 މަސްދުވަހު ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވްތަތަކަށް އެއްވެސް ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެއްވެސް ދަތިިކަމެއްނެތި ލިބޭނެ ގޮތެއް ފަހިކުރުމަކީ އެންމެ ފުތަމަވެސް ސަރުކަރުން އިސްކަން ދެއްވި އެއްކަންތައްކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް ކުރިއަށް އޮތް 10 މަސްދުވަހު އެއްވެސް ދައްޗެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކާޑުގެ ބާވަތްތަކުގެ ތެރެއިން 10 މަސްދުވަހަށް ވާވަރަށް ހަނޑުލާއި ހަކުރު އެބަހުރިކަމަށާއި، 5 މަސްދުވަހަށް ބޭނުންވާވަރަށް ފުށްވެސް އެސްޓޯގައި މިހާރު އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިޙާލަތުގައި ރައްޔިތުންގެ ޒަރޫރީ ބޭނުންތަކާއި ކެއިންބުއިމަށް ބޭނުންވާ ސާމާނު ކަށަވަރު ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

އެމަނިކުފަނު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ދަތިނުވަނޭގޮތަކަށް ހުރިހާކަމެއް ހަމަޖެއްސެވުމަށްކަމަށެވެ. ރައްޔިތުންނަށް ލުއިދެވެން އޮތް ކަންތައްތަކަކުން ލުއިދެވެންއޮތް އެންމެ މަތީ މިންގަނޑަކަށް ލުއިތައް ދެއްވުމަކީ މިދަނޑިވަޅު ސަރުކާރުން ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރުވެސް ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ގިނަ ޚިދުމަތްތަކަކުން ގިނަ ލުއިތަކެއް ފޯރުކޯށް ދެއްވަކަން ފާހަނގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ފެންބިލާއި، ކަރަންޓްބިލުންވެސް ބޮޑުލުޔެއްދިނުމަށް ނިންމަވާފައިވާކަމަށެވެ. މިއާއެކީގައިވެސް ރައްޔިތުންނަށް މިޙާތަލަތުގައި އިތުރު ލުއިތަކެއް ލިބިގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.