ކޯވިޑް-19

ކޯވިޑް-19 : އޭޑީކޭ ހޮސްޕިޓަލުން އޯ.ޕީ.ޑީ ޚިދުމަތްދޭ ގަޑިތައް ބަދަލުކޮށްފި


އޭޑީކޭ ހޮސްޕިޓަލުން ފޯރުކޮށްދޭ އޯ.ޕީ.ޑީ ޚިދުމަތްތައް ދޭ ވަގުތުތަކަށް އެ ހޮސްޕިޓަލުން ބަދަލުގެނެސްފިއެވެ.

އެގޮތުން މާދަމާއިން ފެށިގެން އޯ.ޕީ.ޑީގެ ޚިދުމަތް ލިބޭނީ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 8 ޖެހުމާއި ހަމައަށްކަމަށް އޭޑީކޭއިން ބުނެފައިވެއެވެ. އަދި މި ބަދަލުތައް ގެނެސްފައިވަނީ ކޯވިޑް-19އިން ރައްކާތެރިވުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަަރުގަދަ ކުރުމުގެ ބޭނުމުގައިކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

އޭ.ޑީ.ކޭގެ އޯ.ޕީ.ޑީ ޚިދުމަތްދޭ ވަގުތުތައް ބަދަލުގެނެސްފައިވީނަމަވެސް، އެހެން ޚިދުމަތްތައް ހަމަކުރިއެކޭވެސް އެއްގޮތަށް ލިބިގެންދާނެކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. އަދި ޑޮކްޓަރުންގެ ޑިއުޓީއާއި މެމޯ ނަމްބަރު އާސްކް އޭ.ޑީ.ކޭ މެދުވެރިކޮށް ބަލާލެވޭނެކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ހޮސްޕިޓަލަށް ދާ މީހުން މަދުކުރުމުގެ ގޮތުން އޭ.ޑީ.ކޭއިންވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެނދުމަތިކޮށްގެން ފަރުވާދޭ ފަރާތްތަކުގެ ގާތައް ޒިޔާރަތްކުރުން ވަގުތީގޮތުން ވަނީ ހުއްޓުވާފައެވެ. އަދި ހުމާއި ރޯގާޖެހިފައިވާ ފަރާތްތައް ނޫންނަމަ ކޯވިޑް-19ގެ އަލާމާތްތައް ހުރިކަމަށް ޝައްކު ކުރެވޭ ފަރާތްތަކުންވެސް ހޮސްޕިޓަލަށް އައުމުގެ ބަދަލުގައި، އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ ޙިދުމަތް ހިލޭ ލިބޭނެހެން "އޮންލައިން ފްލޫ" ކްލިނިކެއް ޤާއިމުކޮށް އަންނަނީ ޚިދުމަތް ދެމުންނެވެ.