އަތޮޅުތައް

ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާކުރި ބިދޭސިއަކު ހައްޔަރުކޮށްފި


ކުޑަ އަންހެން ކުދިން ތަކަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރަމުންދިޔަ ކަމުގެ ތުޙުމަތުގައި ގެމަނަފުށިން ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.ފުލުހުން މައުލޫމާތުދޭގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ، އިންޑިޔާގެ ރައްޔިތެކެވެ.މި މައްސަލަ ގއ. ގެމަނަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.