ޚަބަރު

ސެލްޓެވީގޯގެ އޮފިޝަލް ސްޕޮންސަރަކަށް ވުމަކީ ރާއްޖެ އެތަށް ގުނައަކުން އިސްތިހާރުވެގެންދާނެކަމެއް - ޓުއަރިޒަމް މިނިސްޓަރ


ސްޕެއިންގެ ސެލްޓެވީގޯގެ އޮފިޝަލް ސްޕޮންސަރަކަށް ވުމަކީ ރާއްޖެ އެތަށް ގުނައަކުން އިސްތިހާރުވެގެންދާނެކަމެއްކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓަރ ސްޕެއިން އަދި އިނގިރޭސިވިލާތުގެ ލަންޑަންއަށް ކުރައްވާ ދަތުރުފުޅުގެ ކުރިން ބޭއްވި ޕްރެސްކޮންފަރެންސްއެއްގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އަލީ ވަހީދު ވަނީ ސްޕެއިންގެ ލަލީގާގައި ވާދަކުރާ ސެލްޓަވީގޯގެ އޮފިޝަލް ސްޕޮންސަރަކަށް ރާއްޖެ ކަނޑައެޅުމުގެ އެއްބަސްވުމުގައި ސޮއިކުރާނެކަން ހާމަކުރައްވާފައެވެ. ތިން އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ސްޕޮންސަރޝިޕް ނަގަން ހަމަޖެހިފައިވަނީ އަހަރަކު ނުވަ ލައްކަ ނުވަދިހަ ހަހާސް ޑޮލަރދައްކަމަށް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންޓަނޭޝަނަލް ޕްރެސްކޮންފަރެންސްގައި މި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި އެއްބަސްވުމަކީ، މިސަރުކާރުން ފަތުރުވެރިކަން ސިންދަފާތުކުރުމަށް ސްޕޯޓްސް ޓުއަރިޒަމް ފުޅާކުރުމަށް ކުރާ މަސައްކަތެއްކަމަށް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖެ އެތަށް ގުނައަކުން އިސްތިހާރުވެގެންދާނެކަމެއްކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

" އަހަރަކު ނުވަ ލައްކަ ނުވަދިހަ ހަހާސް ޑޮލަރދައްކަމަށް ދައްކަން މިޖެހެނީ. މިއީ ރާއްޖޭގެ ޓުއަރިޒަމް އެހެން ލެވަލްއަކަށް ގެންގޮސްދޭނެކަމެއް. ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންޓަނޭޝަނަލް ޕްރެސްކޮންފަރެންސްގައި މި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ. މި އެއްބަސްވުމަކީ، މިސަރުކާރުން ފަތުރުވެރިކަން ސިންދަފާތުކުރުމަށް ސްޕޯޓްސް ޓުއަރިޒަމް ފުޅާކުރުމަށް ކުރާ މަސައްކަތެއް." ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ސްޕޮންސަރޝިޕްގެ ދަށުން ސެލްޓެވީގޯގެ އޮފިޝަލް ސްޕޮންސަރަކަށް ރާއްޖެވެފައިވާއިރު، އޮފިޝަލް ޓުއަރިސްޓް ޑެސްޓިނޭޝަންއަކީ ރާއްޖެއެވެ. އެގޮތުން ސެޓެވީގޯގެ އޮފިޝަލް ހަރޒީ، ޓްރެއިނިންގް ޖަރޒީ، ސްޓާފުންނާއި އަދި ޓްރެއިނިންގް ސްޓާފުންގެ ޔުނީފޯމްގައި ވިސިޓް މޯލްޑިވްސްގެ ލޯގޯ ޖަހާނެއެވެ. އަދި ސެލްޓެވީގޯގެ ސްޓޭޑިއަމްގެ ޕެރެމީޓަރ ވޯލްތަކުގައި ރާއްޖޭގެ ވީޑިއޯތަށް ދެއްކުމުގެ އިތުރުން ޓީމުގެ ކުޅުންތެރިން ރާއްޖެ އިސްތިހާރުކުރުމަށް މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމުގެ ދަށުން ސެލްޓެވީގޯއިން ރާއްޖޭގެ ސްޕޮންސަރޝިޕްގެ ދަށުން ކުޅުމަށް ހަމަޖެހިފައިވަނީ ނޮވްމެބަރމަހުގެ 9 ވަނަ ދުވަހު މަޝްހޫރު ކްލަބް ބާސެލޯނާއާއި ދެކޮޅަށެވެ.