ޚަބަރު

އަންނަ އަހަރު ފަތުރުވެރިކަމުގެ ސިޔާސަތުތަކަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ - ޢަލީ ވަޙީދު


ފަތުރުވެރިކަމުގެ ދާއިރާގައި މިއަހަރުތެރޭ ހަދާފައިވާ ދިރާސާތަކުގެ މައްޗަށް ބިނާކޮށް އަންނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގެ ސިޔާސަތުތަކަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް ޖޮބް ފެއަރ 2019ގެ ތެރެއިން މީޑިއާއަށް މަޢުލޫމާތުދެއްވަމުން، ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުމަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ މަތީ ފަންތީގައި ދިވެހިންނަށް ވަޒީފާ ލިބުމުގެ ދަތިތަށް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ފަދަ މައްސަލަ ހައްލުކުރުމަށް މިއަހަރުގެ ތެރޭ ގިނަ ދިރާސާތަކެއް ކޮށްފައިވާކަން މިނިސްޓަރ ވަނީ އަންނަ އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ސިޔާސަތުތަކަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަމަށް ވިދާޅުވެފައެވެ. އަދި މިއަންނަ އަހަރުގެތެރޭ މިނިމަމް ވޭޖް ކަނޑައަޅިގެން ދިއުމުންވެސް ފަތުރުވެރިމުގެ ދާއިރާއަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ވިދާޅުވެފައެވެ.

"ފަތުރުވެރިކަމުގެ ދާއިރާގައި މިއަހަރުތެރޭ ހަދާފައިވާ ދިރާސާތަކުގެ މައްޗަށް ބިނާކޮށް އަންނަ އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ސިޔާސަތުތަކަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ. މިނިމަމް ވޭޖް ކަނޑައަޅިގެން ދިއުމުންވެސް ފަތުރުވެރިމުގެ ދާއިރާއަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ." މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންގެ ޙިއްސާ އިތުރުކުރުމަށް، ޓުއަރިޒަމް މިނިސްޓްރީން މިމަހުގެ 27އިން 29އަށް ޓުއަރިޒަމް ޖޮބް ފެއަރއެއް ފަރުކޮޅު ފުށީގައި ވަނީ ފަށާފައެވެ. މި ފެއަރގައި 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތާއި، 100އަށްވުރެ އިންޓާންޝިޕް ފުރުސަތު ހުޅުވާލާފައިވާއިރު، ގިނަ ޢަދަދެއްގެ ސްކޮލަޝިޕްވެސް މިދާއިރާއިން މިފެއަރގެ ތެރެއިން ދޫކޮށްލުމަށް ވަނީ ނިންމާފައެވެ.