ޚަބަރު

ގެމަނަފުށީ ފަޅުގައި އޮތް ލޯންޗެއްގެ ބެޓަރި ގޮވައި، ދެމީހަކު ފިހިއްޖެ


ގއ. ގެމަނަފުށީ ފަޅުގައި އޮތް ލޯންޗެއްގެ ބެޓަރި ގޮވައި، ދެމީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިޙާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 10:00 ޖަހާ ހާއިރުކަމަށާއި، މިޙާދިސާގައިި އަނިޔާވި ދެ މީހުންގެ ހަށިގަނޑުގެ އެކި ތަންތަން ފިހިފައިވާ ކަމުގައެވެ.

ގެމަނަފުށީ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި އެ ޙާދިސާ ހިނގާފައިވަނީ ލޯންޗު ސްޓާޓް ނުވެގެން ސްޓާޓް ކުރުމުގެ މަސައްކަތް ކުރަނިކޮށް ބެޓަރީ ގޮވައިގެންނެވެ. އަދި އެޙާދިސާގައި އަނިޔާ ވެފައިވަނީ ލޯނޗްގެ ވެރިފަރާތާއި ކެޕްޓަނަށް ކަމަށާއި އެ ދެމީހުންނަށް އެރަށު ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުން އަންނަކަމަށެވެ. މި ދެމީހުން ޙާލު ސީރިއަސް ނޫން ކަމަށް ކައުންސިލުން ބުނެއެވެ.