އައްޑޫސިޓީ ގައި އަޟްޙާ ޢީދު ނަމާދު ބޮޑު ޖަމާޢާތުގައި އެސިތީގެ 4 އަވަށެއްގައި ކުރަން ހަމަޖައްސައިފި
އައްޑޫ ސިތީ ކައުންސިލުން އިޢުލާން ކޮށްފައިވާ ގޮތުން މިހާރު އެސީޓީގައި ބޮޑު ޖަމާޢަތުގައި ޢީދު ކުރާނީ ހުޅުމީދޫގެ ރައްޔިތުންނަށް
ޚާއްޞަ ކޮށް ހުޅުމީދު ޕޮލިސްސްޓޭޝަން ސަރަހައްދުގައި އޮންނަ ބޯޅަ ދަނޑު ގައެވެ. މަރަދޫއާއި - މަރަދޫފޭދޫ ރައްޔިތުންނަށް ޚާއްޞަ ކޮށްގެން މަރަދޫ ޕާކްގައި ބޮޑުޖަމާއަތުގައި ޢީދު ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. އަދި ފޭދޫ ހިއްކި ބިމުގައާއި ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގައި ވެސް ޢީދުނަމާދު ބޮޑު ޖަމާޢަތުގައި ކުރާނެއެވެ.
މިގޮތަށް ހަމަޖެއްސީ އައްޑޫސިޓީގައި ގައި އެންމެ ދެ ސަރަހައްދުގައި ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާގޮތަށް ހަމަޖެއްސުމުން ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މި ހަތަރު ސަރަޙައްދުގެ އިތުރުން ހުރިހާ އަވަށެއްގެ ވެސް ހުކުރު މިސްކިއްތަކުގައި ޢީދުނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ. އަދި މުސުމް ގޯސްވެ ވާރޭ ވެހިއްޖެ ނަމަ މިސްކިތްތަކުގައި ނަމާދު ކުރެވޭގޮތަށް ހަމަޖައްސާފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.