ޓުއަރިޒަމް

ޓުއަރިޒަމް ސެކްޓަރގެ މައްސަލަތައް ޙައްލުކުރުމަށް މަޝްވަރާކޮށްފި


ރާއްޖޭގެ ލޭބަރ މައިގްރޭޝަން ނިޒާމް ހަރުދަނާކުރުމުގެ ގޮތުން ޓުއަރިޒަމް ސެކްޓަރ އަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އާއި މަޓީގެ އިސްވެރިންގެ މިބައްދަލުވުމުގައި، ލޭބަރ މައިގްރޭޝަން ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވެ ދިނުމުގެގޮތުން ޓުއަރިޒަމް ސެކްޓަރގައި ދިމާވަމުންދާ މައްސަލަތައް ޙައްލުކުރުމުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ. އަދި ދިވެހިންނަށް އަދާކުރެވޭނެ ވަޒީފާތަކަށް ދިވެހިންނަށް ފުރުސަތު ތަނަވަސްކޮށްދީ ދޭސީބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔާތްކޮށްދިނުމުގެ މައްޗަށްވެސް މިބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމަށް އެފަރާތުން ބުނެއެވެ.ސަރުކާރުން ވަނީ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދިނުމުގެ ގޮތުން ފޮޓޯގްރަފީ، ޕައިލެޓުން އަދި ކޭޝިއަރުން ފަދަ ވަޒީފާ ބިދޭސީންނަށްް އަދާނުކުރެވޭނެގޮތަށް ކަނޑައަޅާފައެވެ. އަދި މިކަން ތަންފީޒުކުރުމުގެ ގޮތުން އަންނަ މަހުގެ ހަތެއްގެ ކުރިން އެފަދަ ފަރާތްތައް ފުރުވާލާ އެމްލޯއިމަންޓް އެޕްރޫވަލް ކެންސަލްކުރުމަށް އެފަރާތުން ވަނީ އިޢުލާންކޮށްފައެވެ.