ޚަބަރު

ފައިނަލްގެ ކުރިން ކޯރާ ކޯރާއިން ކުޑަފުށި ބަލިކޮށްފި


  • ފައިނަލް މެޗު ހުކުރު ދުވަހުގެރޭ

ރ.މީދޫ އެކުވެރި ކްލަބްގެ އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ކުރިން ކޯރާ ކޯރާ މޯލްޑިވްސް އިން ކުޑަފުށި ބަލިކޮށްފިއެވެ.

ފައިނަލުގެ ޖާގަ ޔަގީންކޮށްފައިވާ ދެޓީމް, ލީގު ބުރުގައި ކުޅުނު މެޗު ކޯރާ ކޯރާ މޯލްޑިވްސް އިން ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ކޯރާ ކޯރާ މޯލްޑިވްސް އިން ގެންދިޔައީ 25-17, 25-16 އަދި 25-19 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކޯރާ ކޯރާ މޯލްޑިވްސްގެ އަކިންދު އެވެ. މުބާރާތުގެ ފައިނަލުގައި މިދެޓީމް ވާދަކުރާނީ އަންނަ ހުކުރު ދުވަހުގެ ރެއެވެ.

މުބާރާތުގެ ފައިނަލުގެ ކުރިން ލީގު ބުރުގެ ފަހު މެޗުގައި ބުރާސްފަތި ދުވަހުގެރޭ ބަނޑޮސް މޯލްޑިވްސް އާއި ދަ ސްޓެންޑާޑް ވާދަކުރާނެއެވެ. އެކަމަކު އެދެޓީމަށްވެސް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުޞަތެއް ނެތެވެ.