ތިމާވެށި

ތިނަދޫ މާހުއްޓާ ސަރަހައްދުގެ ކުޅި ނޭޗަރ ޕާކެއްގެ ގޮތުގައި ތަރައްގީ ކުރަނީ


ގދ. ތިނަދުއާ އެއްފަސްކޮށް، ގުޅުވާފައިވާ މާހުއްޓާގެ ކުޅި، ނޭޗަރ ޕާކެއްގެ ގޮތުގައި ޑިޒައިންކޮށް ތަރައްޤީ ކުރަން ނިންމައިފިއެވެ.

ތިނަދޫ ކައުންސިލުން ވަނީ މާހުއްޓާ ސަރަޙައްދުގައި އޮންނަ ކުޅިއާއި ގުޅިފައިވާ ބިން ހިމެނޭ ގޮތަށް އެ ސަރަޙައްދުގައި ނޭޗަރ ޕާރކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ޑިޒައިންކޮށް އެކަން ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައެވެ.

ކައުންސިލުން އެތަން ތަރައްގީ ކުރުމަށް ނިންމާފައިވަނީ މާހުއްޓާގެ ކުޅި ހިމެނޭ ބިމުގެ ސަރަހައްދުން 86000 އަކަފޫޓަށްވުރެ ބޮޑު ސަރަހައްދެއްގައެވެ. މީގެ ކުރިންވެސް ތިނަދޫ ކައުންސިލުން ވަނީ އެ ކުޅި ނޭޗަރ ޕާކެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ބަޖެޓު ނެތުމުގެ ސަބަބުން އެކަން ނުކުރެވި އޮތީ ކަމަށް އެކައުންސިލުން ބުނެއެވެ.

މިފަހަރު އެކައުންސިލުން ކުރި އިއުލާނާ އެއްގޮތަށް އެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ބިޑު ހުށަހެޅުމުގެ ކުރިން މައުލޫމާތު ދިނުމުގެ ސެޝަނެއް މިދިޔަ މަހުގެ 22 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.