ޚަބަރު

ފިނޭންސް މިނިސްޓަރ ދ. އަތޮޅަށް ވަޑައިގެން މަޝްރޫޢުތައް ބައްލަވާލައްވައިފި


ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ދ. އަތޮޅުގެ 6 ރަށަކަށް ވަޑައިގެން ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލައްވައިފިއެވެ.

ފިނޭންސް މިނިސްޓަރ އަޙުމަދު މުނައްވަރު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ރަށްރަށު ރައްޔިތުންނާ ބައްދަލުކުރައްވައި، ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީޤެ މަޝްރޫޢުތައް ހިނގަމުންދާ ގޮތް ބައްލަވާލައްވާފައެވެ. މިދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި މިނިސްޓަރ ވަނީ ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވާފައެވެ. އަދި ސަރުކާރުގެފަރާތުން ރައްޔިތުންނަށް ކޮށްދެވިދާނެ ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމަށްޓަކައި އެކި ޢުމުރުފުރާތަކުގެ ރައްޔިތުންނާ މިނިސްޓަރ ބައްދަލުކުރެއްވިއެވެ.

މިނިސްޓަރގެ މިދަތުރުފުޅުގައި، ދ. މާއެނބޫދޫ، ކުޑަހުވަދޫ، މީދޫ، ބަނޑިދޫ، ހުޅުދެލި، އަދި ރިނބިދޫއަށް ވަޑައިގެން ފައިވެއެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ ދ. ބަނޑިދުއަށް ވިއްސަރައިގެ ލިބުނު ގެއްލުންތައްވެސް ބައްލަވާލައްވާފައެވެ. ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައި ޕީޕީއެމްގެ ސެކްޓްރީ ޖެނެރަލް ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލްވެސް ބައިވެރިވެވަޑައިގަންނަވައެވެ.