ބޯކޮށް ވާރޭ ވެހި ޕާކިސްތާނުގައި ފެން ބޮޑުވެ، ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާކިސްތާނުގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވި ޚަބަރު އަޑުއެހީ ފުން ހިތާމައާއެކުކަމަށެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ގެއްލުން ލިބުނު ފަރާތްތަކަށް ތައުޒިޔާ ވިދާޅުވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ތައުޒިޔާގެ މެސެޖްގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހިތާމައިގެ މިދަނޑިވަޅުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ޕާކިސްތާނު ރައްޔިތުންނާއެކުކަމަށެވެ.
Deeply saddened by the tragic loss of lives and the large-scale devastation caused by the recent flash floods and heavy rains in Pakistan.
— Dr Mohamed Muizzu (@MMuizzu) August 17, 2025
On behalf of the government and the people of Maldives, I extend our sincere condolences to the bereaved families and all those affected.…
ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވުމާއި ހޮނު އެޅުމުގެ ހާދިޘާތައް ދަނީ ކުރިމަތިވަމުންނެވެ. މި ހާދިސާގައި އެ ގައުމުގެ 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފެން ބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސުގައި އިމާރާތްތަައް ވެއްޓުމުގެ ހާދިޘާތައްވެސް ކުރިމަތިވެފައިވެއެވެ. އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވި ހެލިކޮޕްޓަރެއްވެސް ވަނީ ވެއްޓިފައެވެ.