ކާނާ

ރެސިޕީ : ޕައިނެޕަލް ޗިކަން


އާންމުކޮށް ކުކުޅު ތައްޔާރުކުރާ ގޮތާ ތަފާތުކޮށް ކުކުޅު ތައްޔާރު ކުރަން ބޭނުންނަމަ މިރެސިޕީ އަޖުމަބަލާލަން ރަގަނޅުވާނޭއެވެ.

ބޭނުންވާނެ ތަކެތި :

1 މޭޒުމަތީ ސަމުސާ ތެޔޮ
450ގ ބޯންލަސް ޗިކަން (ކުދިކޮށް ކޮށާފައި)
ލޮނު، އަސޭމިރުސް (ރަހަލާވަރަށް)
1 ރަތް ބެލްޕެޕަރ (ކުދިކޮށް ކޮށާފައި)
¾ އަލަނާސި ޖޫސް ދަޅު
¼ ޖޯޑު ސޯޔާ ސޯސް
¼ ޖޯޑު ބްރައުން ޝުގަރ
2 ލޮނުމެދު (މިންސްކޮށްފައި)
½ ފެހި ބޮޑު މިރުސް (އޮއްނަގާފައި)
2 މޭޒުމަތީ ސަމުސާ ކޯން ސްޓާޗް
1 ޖޯޑު އަލަނާސި (ކުދިކޮށް ކޮށާފައި)
¼ ޖޯޑު ކެޝޫ ނަޓް

ތައްޔާރުކުރާނެ ގޮތް :

ތަވައެއްގައި މެދުގިނީގައި ތެޔޮކޮޅު ހޫނުކޮށްލާށެވެ. ތެޔޮކޮޅު ހޫނުވުމުން ކުކުޅު، ލޮނު، އަސޭމިރުސް އަޅާ މީރުކޮށްލައި، ބެލް ޕެޕަރކޮޅު ކުކުޅުގެ ތެރެއަށް އަޅާލާށެވެ. އަދި ފަސް ވަރަކަށް މިނެޓް މީރުކޮށްލާށެވެ.

ދެން އެހެން ތަވައެއްގައި އަލަނާސި ފަނި، ސޯޔާ ސޯސް، ބްރައުން ޝުގަރ، ލޮނުމެދު، ބޮޑު ފެހި މިރުސް އަޅާ މީރުކުރާށެވެ. ވަކިން ބޯތައްތެއްގައި 2 މޭޒުމަޓީ ސަމުސާ ފެނާއެކު ކޯންސްޓާޗް އެއްކޮށްލައި، އަލާނާސި މީރުކުރި ތަވާތެރެއަށްއަޅާ އެއްކޮށްލާށެވެ. ދެން ފަސް މިނެޓު މިތަކެތި މީރުކުރުމަށްފަހު ކުކުޅު ތައްޔާރުކުރި ތަވައަށް ސޯސް އެއްކުރުމުން ހުންނާނީ ތައްޔާރު ކުރެވިފައެވެ.