ކާނާ

ރެސިޕީ : ގާލިކް ބަޓަރ ރައިސް


ތަފާތު ގޮތަކަށް ބަތް ތައްތާރުކޮށްލަން ބޭނުންނަމަ މިއީ އަޖުމަބަލާލަން ރަނގަޅު ރެސިޕީއެކެވެ. ތައްޔާރުކޮށްލަން އެހާމެ ފަސޭހަވާނޭއެވެ.

ބޭނުންވާނެ ތަކެތި :

½ ޖޯޑު ބަޓަރ
1 ޖޯޑު ބާސްމަތީ ހަނޑޫ
3 ޖޯޑު ހޫނު ފެނުގައި ގިރާފައިވާ ޗިކަން ސްޓޮކް
5 ސައިސަމުސާ ލޮނުމެދު (ތުނިކޮށް ފޮތިކޮށްފައި އަވަނުން ފިހެފައި ނޫނީ ތެލުލާފައި)
ކޮރިއަންޑަރ ފަތް (ކުދިކޮށްކޮށާފައި)

ތައްޔާރުކުރާނެ ގޮތް :

ފުރަތަމަ އުދުން މެދު ގިންޔަށް ޖައްސާފައި، ތާހެއްގެ ތެރެއަށް ބަޓަރު އަޅާ މެލްޓްކޮށްލާށެވެ. ދެން މީގެތެރެއަށް ހަނޑޫކޮޅުއަޅައި ތެލީގެ ފުލުގައި ނުހިފާވަރަށް ގިނަ ގަދަކޮށް، ހަނޑޫ ހަނާކުރަންފަށާށެވެ. 6 ވަރަކަށް މިނެޓު ހަނޑޫ ކައްކާލުމަށްފަހު ތާހަށް ޗިކަން ސްޓޮކް އަޅާލާ އެއްކޮށްލާށެވެ. މިއަށްފަހު 20 މިނެޓު (ނުވަތަ ފެން ހިނދި ހަނޑޫ ކެއްކެންދެން) މަތިޖަހާ ބަހައްޓާށެވެ. ދެން އެންމެ ފަހުން ތެއްލާފައި ހުރި ލޮނުމެދު އަދި ކޮށާފައިވާ ކޮރިއަންޑާ ބަތްއެތި ތެރެއަށްއަޅައި އެއްކޮށްލާށެވެ.