ކާނާ

ރެސިޕީ : ވައިޓް ޗޮކޮލެޓް މަޑް ކޭކް



ޗޮކޮލެޓު ކޭކުގެ ބަދަލުގައި ރަހަތަފާތުކޮށްލަން މިކޭކު ތައްޔާރުކޮށްލުން ރަގަނޅުވާނެއެވެ. މިއީ ވައިޓް ޗޮކޮލެޓް ކަމުދާ ފަރާތްތަކަށް ވަރަށް ކަމުދާނެ އެއްޗެކެވެ.

ބޭނުންވާ ތަކެތި :

400ގ ބަޓަރ ( ކުދިކޮށްކޮށާފައި )
500ގ ވައިޓް ޗޮކޮލެޓް ( ކެޑްބަރީ ޑްރީމް )
400މލ ފެން
2 ޖޯޑު ކާސްޓަރ ޝުގަރ
2 ސައިސަމުސާ ވެނީލާ އެކްސްޓްރެކްޓް
4 ބިސް ( ގިރާފައި )
2 ޖޯޑު ފުއް
2 ޖޯޑު ސެލްފް ރެއިޒިން ފްލާ

ވައިޓް ޗޮކޮލެޓް ގަނާޝްއަށް ބޭނުންވާނެ ތަކެތި :

600ގ ވައިޓް ޗޮކޮލެޓް ( ކުދިކޮށްކޮށާފައި )
¾ ޖޯޑު ތިކެންޑް ކްރީމް ( ހެވީ ކްރީމްވެސް އޯކޭވާނެ )

ތައްޔާރުކުރާނެ ގޮތް :

ފުރަތަމަ 150 ޑިގްރީއަށް އަވަން ޖައްސާށެވެ. އަދި ކޭކުއަޅާ ޓްރޭގައި ބަޓަރު ކޮޅެއް ހޭކުމަށްފަހު ފުށް ހާކާލާށެވެ.
އަނެއްކޮޅުން މައިކްރޯވޭވްކުރެވޭ ވައްތަރުގެ ބޯތައްޓެއްގައި ބަޓަރ، ފެން 3-4 މިނެޓަށް މައިކްރޯވޭވްކުރާށެވެ. މައިކްރޯވޭވްކުރަމުންދާއިރު ކޮންމެ މިނެޓަކު ސަމުސަލަކުން ބޯތަށީގައި ހުރި ޗޮކޮލެޓުގަނޑު ގިރާލާށެވެ.
އެއަށްފަހު މައިކްރޯވޭވުން ބޯތަށި ނެގުމަށްފަހު އޭގެ ތެރެއަށް ކާސްޓަރ ޝުގަރ އަދި ވެނީލާ އެސެންސް އާޅާ އެއްކޮށްކާށެވެ. ދެން ބިސްވެސް މީގެތެރެއަށް އާޅާށެވެ. އެއަށްފަހު މިމިކްސްގަނޑުގެ ތެރެއަށް މަޑު މަޑުން ފުށް ފުރާނާލާށެވެ. އަދި ހުރިހައި އެއްޗެއް އެކުގައި އެއްކޮށްލާށެވެ. ދެން މިމިކްސްގަނޑު ޓްރޭގެ ތެރެއަށް އަޅާލައި، އެއްގަޑިއިރާއި ފަންސާހެއްހާ މިނެޓު ވަންދެން ފިހެލާށެވެ. ( ޓޫތްޕިކެއް ކޭކުގެ މެދަށް ހަރާލުމުން ކޭކު ފިހެވިފައިވަންޔާ އެނގޭނެއެވެ. ) ކޭކު އެކީ ފިހެވުމުން ދެން ހިހޫކޮށްލަން ބައިންދާށެވެ.

ވައިޓް ޗޮކޮލެޓް ގަނާޝްހެދުމަށް މައިކްރޯވޭވްކުރެވޭ ވައްތަރުގެ ބޯތައްޓަކަށް ތިކަންޑް ކްރީމް އަދި ޗޮކޮލެޓުއަޅައި 2-3 މިނެޓު މައިކްރޯވޭވްކުރާށެވެ. މައިކްރޯވޭވް ކުރަމުންދާއިރު ކޮންމެ މިނެޓަކު ސަމުސަލަކުން ޗޮކޮލެޓުގަނޑު ގިރަންވާނެއެވެ. ދެން ފްރިޖަށްލައި 1 ގަޑިއިރު ގަނާޝް ފިނިކޮށްލާށެވެ.
މިހާހިސާބުން ކުރިން ފިހުނު ކޭކު އަރިމަތިން ދެފަޅިކޮށްފައި ދޭތެރޭގައި ގަނާޝްލާށެވެ. އަދި ކޭކުގެ ދެފަޅި އެއްފަޅި އަނެއްފަޅި މައްޗަށް ލުމަށްފަހު މަތީގައި ބާކީހުރި ގަނާޝް އުގުޅާލާށެވެ.