ޚަބަރު

ނޫރާނީ ސްކޫލުގެ ދަރިވަރުން ފަރުކޮއި ޕްރޮގްރާމް ފުރިހަމަ ކޮށްފި


އެމް.އެން.ޑީއެފް ސަދަން އޭރިއާއިން އައްޑޫސިޓީ ހިތަދޫ، ނޫރާނީ ސްކޫލުގެ ދަރިވަރުންނަށް ފަރުކޮއި ޕްރޮގްރާމު ހިންގައިފިއެވެ.
އެމް.އެން.ޑީއެފް އިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ނޫރާނީ ސްކޫލުގެ 42 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ނެޗާރ ޕާކު ހިމެނޭ ކޯއްޓޭ ސަރަހައްދުގައެވެ. މި ޕްރޮގްރާމްގައި، އެސްކޫލުގެ ދަރިވަރުންނަށް މަޢުލޫމާތު ދީފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންނެވެ.
މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ދަރިވަރުންނަށް ފަރުމަތި ބަލާލުމުގެ އިތުރުން ފަރުތަކުގެ ދިރުންތަކާއި ބޭހޭ މައުލޫމާތު، އެކުދިންގެ ތިމާވެށްޓާއި ގުޅޭ ފިލާވަޅާއި ގުޅުވައިގެން ވަނީ ނަގާދީފައެވެ. މީގެ އިތުރުން ފަރުތަކަށް ގެއްލުންވާ ގޮތްތަށް ކިޔައިދީ، އަދި ފަރުތަށް ދެމެހެއްޓުމަށް ޓަކައި ފަރުދީ ގޮތުން ކުރެވިދާނެ ކަންކަން ވަނީ ކިޔައިދީފައެވެ.
"ފަރު ކޮއެ" ޕްރޮގްރާމަކީ ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ފަރުތަކާއި ފަރުތަކުގެ ވަށައިގެންވާ ދިރުންތަކުގެ ރީތިކަކާއި، އެތަންތަނުގެ މުހިންމުކަށް ދަރިވަރުންނަށް އަންގައިދިނުމަށް އެޑިކޭޝަން މިނިސްޓްރީއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.