ލައިފް ސްޓައިލް

ދުނިޔޭގެ އެންމެ ހަގު އަންހެން ޕްރޯ ސްކޭޓަރަކީ ކާކުކަން އެނގޭތަ؟


" ސްކައި " ނަމަކަށްކިޔާ މި ކުޑަކުޑަ ކުއްޖާއަކީ ދުނިޔޭގެ އެންމެ ހަގު އަންހެން ޕްރޯ ސްކޭޓަރެވެ. ޢުމުރުން 9 އަހަރުގެ ސްކައި އާއި އޭނަގެ ކޮއްކޮ ޢުމުރުން 6 އަހަރުގެ އޯޝަންއަކީ ވެންސްގެ ޕްރޮފެޝަނަލް ސްކޭޓް ބޯޑިން މުބާރާތުގައި ބައިވެރިވެ މުޅި ދުނިޔެއަށް ވިދާލި ދެތަރިންނެވެ. ވަކިން ހާއްސަކޮށް ސްކައި، ވެގެންގޮސްފައިވަނީ ދުނިޔޭގެ ސަމާލުކަން ހޯދި ހުނަރުން ފުރިފައިވާ ޕްރޯ ސްކޭޓަރަކަށެވެ. ސްކައި އެންމެ ބޭނުންވަނީ ދުނިޔޭގެ އެކްސްޓްރީމް އެތްލީޓުން ބައިވެރިވާ އެކްސް ގޭމްގައި ބައިވެރިވާށެވެ. އެކަމަކު އޭނާގެ ޢުމުރުން އަދި މާބޮޑަށް ވެސް ހަގުކަމަށްބުނެ އޭނާއަށް ވަނީ މިކަން ވާގޮތްނުވެފައެވެ.

"
" އަހަރެން ވަރަށް ކުރާހިތްވޭ ބިރުގަންނަ ކަތްތައްތައް، ވަކިން ހާއްސަކޮށް އެކްސް ގޭމްގައި ސްކޭޓްކުރަން ބޭނުންވަނީވެސް، އަހަންނަކީ ކުޑަކުއްޖަަކަށްވެފައި ޢުމުރަކީ ހަމަ ޢަދަދެއްކަން ދައްކާލަންވެގެން ބޭނުންވަނީ، އެކަމު ކީއްކުރާނީ ޗާންސެއް ލިބޭގޮތެއް އަދި ނުވޭވިއްޔަ "
ސްކައި

ސްކައި ބުނާގޮތުގައި އޭނާ ސްކޭޓްކުރަން ފެށީ އުމުރުން އެންމެ 4 އަހަރުގައެވެ. ސްކޭޓްކުރަން ފެށިދުވަސްކޮޅު ވެއްޓިދާނެތީ ބިރުގަތަސް މިހާރު އެބިރު ނެތްކަމަށް ސްކައި ބުނެއެވެ. ސްކައި ބުނާގޮތުގައި ވެއްޓޭނެއޭ ހިތަށް އަރުުވައިފި ނަމަ ވެއްޓޭނެއެވެ. އެކަމު ޕޮސިޓިވްކޮށް ވިސްނާފައި ނުވެއްޓޭނެއޭ ހިތަށް އަރުވައފިއްޔާ ނުވެއްޓޭނެކަމަށްވެސް އޭނާ ބުނެއެވެ.

ސްކައިގެ އެންމެ ބޮޑު ބާރަކީ އޭނާގެ ވިސްނުމާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރެވެ. އޭނާ ދެކޭގޮތުގައި އަމިއްލަ ނަފުސަށް އިތުބާރު އޮވެއްޖެއްޔާ ކޮންމެ ކަމެއްވެސް ކުރެވޭނެއެވެ. އެހެންކަމުން އޭނާގެ މޮޓޯއަކަށްވެސް ހަދައިފައިވަނީ ބިލީވް އިން ޔުއަރ ސެލްޕްއެވެ. ދުނިޔޭގެ އެންމެ ބޮޑު ސްކޭޓްބޯޑްކުންފުނީގެ ރައީސް ބޮޑް ބޮއިލް ބުނާގޮތުން ސްކައިއަކީ ވަރަށް ޚާއްސަކުއްޖެކެވެ. އެގޮތުން އޭނާކުރާކަންކަމަކީ ކޮންމެ ކޮންމެ ކުއްޖަކަށް ކުރެވޭނެ ކަންކަމެއްނޫން ކަމަށް އޭނާ ބުނެއެވެ.

"
" އަހަރެންނަށް ސްކައި އާއި ދިމާވުމުގެ ކުރިން ފުރަތަމަ ފެނުނީ އޭނަ ކުޑައިރު ސްކޭޓްކުރާތަން ފެންނަ ވައިރަލްވި ވިޑިއޯ، އަސްލު ހާދަ މޮޅޭ އޭނަ، އެއީ ގާތްގަނޑަކަށް މީގެ 3 އަހަރު ކުރި ކަންނޭގެ "
ބޮޑް ބޮއިލް

ބޮގް ބޮއިލް ބުނާގޮތުގައި ޖަޕާނުގެ ސްކައިއަކީ ސްކޭޓް ކުރުމުގެ އިތުރުން ރާޅާ އެޅުމަށްވެސް އެހާމެ މޮޅު ކުއްޖެކެވެ. އެގޮތުން 4 އަހަރުން ފެށިގެން ރާޅާއަޅައި ސްކައި ބުނާގޮތުގައި އޭނާ ރާޅާއަޅާއިރު ވިސްނަނީ ރާޅުތަކާއި އޭނާ ހަނގުރާމައެއް ކުރަނީ ކަމަކަމަށެވެ. 2020 ވަނަ އަހަރު އޮލިމްޕިކްސަށް އަލަށް ސްކޭޓް ބޯޑިން ތަޢާރަފްކުރާއިރު ސްކައި އާއި އޭނާގެ ކޮއްކޮ އޯޝަންގެ ހުނަރު ބަލައިލަން އެތަށް ބަޔަކު ކެތްމަދުވެފައި ތިބޭނެކަން ޔަޤީންކަނެވެ. މިހުރިހާ ކަމަކުންވެސް އެނގެނީ ސްކައި ބުނާ ފަދައިން "އޭޖް އިޒް ޖަސްޓް އަ ނަންބަރ" ނުވަތަ ޢުމުރަކީ ހަމައެކަނި ނަމްބަރެއްކަމެވެ. ހިތްވަރާއިއެކު ކާމިޔާބީ އަށް މަސައްކަތް ކުރަންވީ ކަމެވެ. ހިތްވަރާއި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ދަމަހައްޓަންވީ ކަމެވެ.

ވެންސްގެ ޕްރޮފެޝަނަލް ސްކޭޓް ބޯޑިން މުބާރާތުގައި ސްކައިގެ ހުނަރު ދައްކާލަނީ