ޚަބަރު

ލޯންގކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ތަޒްކިޔާ އަައުކޮށްފި


އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު އަމްނާ ތަޒްކިޔާ މިރުސާދު އައު ކޮށްފިއެވެ.

މިހާރު ރޮމޭނިއާ ގައި ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ތަޒްކިޔާ މި ރެކޯޑު އައު ކޮށްފައިވަނީ 00:32.77 އިން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އައު ކޮށްފައިވަނީ ޢާއިޝަަތު ޢުލްޔާ ޝާއިޤް އެވެ.

އެއީ މިދިޔަ އަހަރު އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ އެސް.ޑަބްލިއު.އޭ (ސްވިމިންގ ވެސްޓަރން އޮސްޓްރޭލިއާ) ހެންކޮކް ޕްރޮސްޕެކްޓިންގ ސްޓޭޓް ޗެމްޕިއަންޝިޕްސް ގައި 00:34.18 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.