ލައިފް ސްޓައިލް

ކުރަފި ނަމޫނާއަކަށް ބަލައިގެން ނެކްސްޓް ޖެނެރޭޝަން ލައިފް ސޭވިންގ ރޮބޮޓެއް އުފައްދައިފި


ކުރަތްޕޭކޭ ބުނާއިރަށް ބިރުން ހަޅޭއް ލަވައިގަންނަ މީހުން މަދެއް ނުވާނެއެވެ. އަދި ގައިގައި ހުރި ބާރެއް ލާފައި ދުއްވައިގަންނަ މީހުންވެސް މަދެއް ނުވާނެއެވެ. އެހެންނަމަވެސް މިސޫފި އުފައްދަވާފައިވާގޮތާއި މެދު ކުޑަ ވަގުތުކޮޅަކަށްވެސް ބަލައިލައިފިނަމަ މިއީ އަޖައިބުކުރުވަނަވި އެތަށް ކަމެއް އެކުލެވިގެންވާ ސޫތްޕެއްކަން އެނގިގެންދާނެއެވެ. އެގޮތުން މި ސޫފި އުދުހޭ ގޮތާއި އެއްޗަކާއި ދިމާއަށް ދާގޮތަކީ އެހެންހުރިހާ ސޫފިސޫތްޕާއި ތަފާތު ވައްޓަފާޅިއެއް ގެންގުޅޭ ސޫތްޕެއްކަން ދައްކައިދޭ ހެއްކެވެ.
ދުނިޔޭގައި ޑައިނަސޯރ އުޅުން ޒަމާނުއްސުރެ މިއަދާއިހަމައަށް އެންމެ ކުޑަ ބަދަލަކާއި އެކު ފެންނަންހުރިކަމަށް ބުނާ ސޫފިކަމަށް ބުނާ ކުރަތްޕަކީ މިއަދުގެ ސައިންސުވެރިން ރޮބޮސިސްޓްސް އޭގެ ސިފަތަކަށް ބިނާކޮށް އެންމެ ފަހުގެ ރޮބޮޓުތަށް ބިނާކުރާ އެއްޗެކެވެ. އެގޮތުން ކޮންމެ ތާކުވެސް އުޅެވޭ އަވަސް މި ސޫފީގެ ސިފަތަށް ނަކަލުކޮށް ނެކްސްޓް ޖެނެރޭޝަން ލައިފް ސޭވިގް ރޮބޮޓެއް ހެދުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
އެގޮތުން މި ސޫފީގެ މި ސިފަތަށް ގާތުން ދިރާސާކޮށް ބެލުމަށްޓަކައި ސައިންސްވެރިން ކުރަފި ފޮއްޓަކަށް ލުމަށްފަހު އަމަލުކުރާގޮތް ގާތުން ސްލޯ މޯޝަންގައި ބެލުމުގެ މަސައްކަތް ފެށިއެވެ.

"
"އަހަރެމެންނަށް ފާހަގަވިގޮތުގައި ކުރަފި އޭތި ދުވާ ބާރު މިނުގައިގޮސް ފާރުގަ ހަމަ ބާރަށް ޖެހިގަނެ ކޮލައިޑް ވަނީ. އަދި މިހުރިހާ ވަގިތެއްގައި އެއްވެސް ހުއްޓުމެއްނެތި ކުރަފީގެ ފައި ތަޅުވާކަންވެސް ފާހަގަވި. އަދި މި ހުރި ބާރުމިނާއި އެކު ކުރަފި އަސްލު ފާރުތަކަށް އަރާ އުޅެނީ"
ދިރާސާއި ހަރަކާތްތެރިވި ސައިންސްވެރިއަކު ވިދާޅުވިއެވެ.

މި ކަންކަން ރަނގަޅަށް ކައިރިން ބެލުމަށްފަހު ޔުނިވަރސިޓީ އޮފް ކެލެފޯރނިއާރ ބަރކްލީގެ ލީޑް ރިސާރޗަރ ކޯޝިކް ޖޭރާމް އާއި އޭނާގެ ޓީމް މަސައްކަތްފެށީ ކުރަފީގެ އުޅުން ނަކަލުކުރެވޭފަދަ ރޮބޮޓެއް ހެދުމަށެވެ. އެގޮތުން ކުރަތްޕެއް ފަދައިން ހަފައިލީ އާންމުކޮށް ހަދާ ރޮބޮޓުތަކަށްވުރެ އެތެރެ ފަށަލަ މަޑު ނުވަތަ ފަސޭހައިން ހެލިފެލި ކުރުވާ ރޮބޮޓެއް ޖޭރާމްމެންގެ ޓީމުން އުފެއްދިއެވެ.

ޖޭރާމްމެންގެ މި ރޮބޮޓު އޭގެ ދުވުމުގެ ބާރުމިނުގައި އައިސް ކުރަތްޕެއްހެން ފުރަތަމަ ފާރަށް ޖެހިގަނެއެވެ. އަދި ދެ ފައި ތަޅުވައި ދުއްވުމުގެ ސަބަބުން ލިބިފައިހުރި މޮމެންޓަމް ބޭނުންކޮށްގެން ފާރަށް އަރައެވެ. އެގޮތުން ކުރަފީގެ ފައިތައް ހުންނަ ގޮތަށް ، ރޮބޮޓުގައި ހަދާފައިވާ ފައި ތަކަކުން ފާރުގައި ތަތްކޮށްލައިގެން މިފައިތަކުގެ ބޭނުން ކޮށް މި ރޮބޮޓު ފާރަށް އަރައެވެ. އަދި މި ރޮބޮޓުގެ ބައިތަށް ފަރުމާކޮއްފައިވާ ގޮތުގެ ސަބަބުން އެއްވެސް އުދަގުލަކާއި ނުލާ އެއްވެސް ސެންސަރެއްގެ މަދަދަކާއި ނުލާ މިސްރާބު ބަދަލުކޮއްލުމުގެ ޤާބިލުކަން މި ރޮބޮޓަށް ލިބިގެންވޭއެވެ. މިގޮތަށް މިސްރާބު ބަދަލުކޮއްލުމުގެ ޤާބިލުކަން ލިބިފައިވުމުން މިއީ ކުރިމަގުގައި ވަރަށް ކާމިޔާބު ރޮބޮޓަކަށް ވުމުގެ ޤާބިލުކަން ލިބިގެންވާ ރޮބޮޓަކަށް ވެގެންދާނެކަމަށް ސައިސްވެރިން ދަނީ ބުނަމުންނެވެ.
ސެންސަރު ހުންނަ ރޮބޮޓްތަކުން ޕްރޮސެސް ކުރުމަށް ގިނަ ވަގުތު ބޭނުންވާއިރު މި ރޮބިޓަކީ ވަގުތުން ވަގުތަށް އެއްވެސް ހުއްޓުމެއްނެތި މިސްރާބު ބަދަލުކޮއްލުމުގެ ޤާބިލުކަން ލިބިފައިވާ ރޮބޮޓަކަށްވާތީ، ނުރައްކާތެރި އަދި އަވަސް އެހީ ބޭނުންވާ ޙާލަތްތަކުގައި މި ރޮބޮޓުގެ ބޭނުން އިތުރުވެގެންދާނެކަން ޔަޤީނެވެ. ކުރަތްޕަކީ ގިނަބަޔަކު ފަކުރުގަނެ އަދި ބިރުގަންނަ ސޫތްޕަކަށްވެފައިވީނަމަވެސް، މިއަދު ސައިންސްވެރިން ގެ ސަމާލުކަން ހުއްޓި ބައެއް ސައިންސްވެރިންގެ ނަޒަރުގައި މިސޫފި މަޤްބޫލުވެގެން ދިޔުމުގެ އާޚިރު ނަތީޖާއަކީ ޒަމާނީ ޓެކްނޮލޮޖީގައި ގައިވެސް ކުރަތްޕަށް މަޤާމެއް ލިބިގެންދިއުމެވެ. އަދި ވަކިން ޚާއްސަކޮށް ރޮބޮސިސްޓުންނަށް މިއީ މާދަމާގެ ކުރިމަގު ކަމުގައި އުފައްދާ ރޮބޮޓްތަކުގެ ނަމޫނާ އަކަށް މިހާރު ވަނީ ވެފައެވެ.

"
"އަސްލު ވިސްނާލަންޖެހޭ ރޮބޮޓެއް ބޭނުންކުރާއިރު އެ ރޮބޮޓަކީ ބިންމަތީގައި ދުވެވޭ، ފާރުތަށްމަތިން އެރޭ، އެއްޗެހި މަތިން ގިރާކުރެވޭ، އަދި ހަނި ތަންތަނަށް ވަދެވޭ އެއްޗެއް ބިނާކުރުމަށް. އެހެންކަމުން އަހަރެމެން ވަރަށް ބޭނުންވީ އެއްކަމަށްވުރެ ގިނަ ކަންކަންކުރެވޭ ރޮބޮޓެއް އަސްލު ބޭނުންވަނީ"
ރޮބޮޓް އުފެއްދުމުގައި އުޅުނު ސައިންސް ވެރިއެއް