ކާނާ

ރެސިޕީ: މަޝްރޫމް އެންޑް ޕޮޓޭޓޯ ކަރީ


މިއީ ހުސް ތަރުކާރީ ބޭނުންކޮށްގެން ތައްޔާރުކޮށްލަން ފަސޭހަ އަދި އެހާމެ މީރު ރިހައެކެވެ.

ބޭނުންވާނެ ތަކެތި :

1 ސައިސަމުސާ ތެޔޮ
1 ފިޔާ ( ކުދިކޮށް ކޮށާފައި )
1 ގިތެޔޮ މިރުސް ( ކުދިކޮށް ކޮށާފައި )
1 ބޮޑު އަލުވި ( ރޮށިމަށާ، ކުދިކޮށް ކޮށާފައި )
1 ބަށި ( ތޮށިމަށާ، ކުދިކޮށް ކޮށާފައި )
250 ގްރާމްސް މަޝްރޫމް ( ކުދިކޮށް ކޮށާފައި )
4 ސަމުސާ ހަވާދު
ހިކަނދި ފަތް، ރާނބާ ފަތް
ރަހަލާވަރަށް ލޮނު
3 ލޮނުމެދު އަދި ކުޑަ އިނގުރުކޮޅެއް ( ޕޭސްޓްކޮށްފައި )
150 އެމްއެލް ވެޖިޓަބަލް ސްޓޮކް
2 ޖޯޑު ކާށި ކިރު

ތައްޔާރުކުރާނެ ގޮތް :

ތެއްޔެއްގައި ތެޔޮކޮޅު ހޫނުކޮށްލުމަށްފަހު ފިޔާކޮޅާއި، އަލުވި، ހިކަނދިފަތް، ރާނބާފަތް، ލޮނުމެދު، އިނގުރު އަދި މިރުސް އަޅާ އެއްކޮށްލާށެވެ. ދެން އުނދުނުގެ ގިނަ މަޑުކޮށްލާފައި މަތިޖަހައިގެން 5 މިނެޓު ކައްކާލާށެވެ. ދެން މީގެތެރެއަށް މަޝްރޫމް އަދި ބަށިކޮޅު އަޅާ އެއްކޮށްލުމަށްފަހު އަނެއްކާވެސް ތެލީގެ މަތިޖަހާ ފަސް މިނެޓު ކައްކާލާށެވެ. ފަސްމިނެޓުވުމުން ހަވާދުކޮޅާއި، ލޮނުކޮޅެއް އަޅާ އެއްކޮށްލުމަށްފަހު ދެ މިނެޓެއްހާއިރު ކައްކާލާށެވެ. އަދި ވެޖިޓަބަލް ސްޓޮކް އަދި ކިރު ކޮޅު އަޅާ ކުޑަކޮށް ގިނި ގަދަކޮށްލާފައި 10 މިނެޓެއްވަންދެން ކައްކާލާށެވެ. އޭރުން އެހުރީ ރިހަ ތައްޔާރުވެފައެވެ. މީއީ ނާން، ރޮށި އަދި ބަތާއެކުވެސް ކާން މީރު ރިހައެކެވެ.